
އަންނަ މަހުގެ ތިންވަނަ ދުވަހަކީ ނަސްރު ދުވަހެވެ. އެހެންވެ، އެ ދުވަސް ބަންދުވާނެއެވެ.ކުރިން އޮތް ގޮތުން އެ ހަފުތާ ބަންދަށް ފަހު، ނޮވެންބަރު ދެވަނަވާ އާދިއްތަ ދުވަހު ސަރުކާރު އޮފީސްތައް އޮންނާނެއެވެ. އެކަމަކު، ރައީސް އޮފީހުން މިއަދު ވަނީ އަންނަ މަހުގެ ދެވަނަ ދުވަސް ވެސް ބަންދުކޮށްފައެވެ.އެ އޮފީހުން ބުނީ، ރައީސް އެ ފަދައިން ނިންމެވީ މުވައްޒަފުންނަށް މެދުކެނޑުމެއްނެތި ޗުއްޓީ ދެއްވުމަށް ކަމަށެވެ.އެހެންވެ، މި މަހުގެ ފަހު ދުވަސް ކަމަށްވާ ހުކުރު ދުވަހުން ފެށިގެން ނޮވެންބަރު ތިންވަނަ ދުވަސް ވެސް ބަންދުވާނެއެވެ. އެއީ، ސަރުކާރު މުވައްޒަފުންނަށް ޖުމުލަ ހަތަރު ދުވަހުގެ ބަންދެކެވެ.އެ ބަންދަށް ފަހު ސަރުކާރު ހުޅުވޭނީ ނޮވެންބަރު ހަތަރެއްވާ އަންގާރަ ދުވަހެވެ.