ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރޯދަ އިނާޔަތް މި މަހުގެ 12 ގެ ކުރިން ދޭން ނިންމައިފި
އަލީ ރާޒީ
03 ފެބުރުއަރީ 2026 - 19:24
0
comments
Tweet
Telegram
ކުރިއަށް އޮތް ރޯދަމަހުގެ އިނާޔަތް ގާނޫނުގައިވާ ގޮތުގެ މަތިން މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް ދޫކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
ފިނޭންސުން ނެރުނު ސާކިއުލާއެއްގައި ބުނީ ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 4 ވަނަ އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތަށް، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު، ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އަދާކުރަމުންދާ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށް އަންގަވާފައެވެ. އަދި އިތުރަށް ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށް ވަނީ އަންގައިފަ އެވެ.
ރަމަޟާން މަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭގޮތަށް "ޕޭ ލީވް" (ސްކޮލާޝިޕް މުވައްޒަފުން) އަދި "ނޯ ޕޭ ލީވް"ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށާއި އަދި މިފަދަ ލީވެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަކަށް ނިކުމެއްޖެނަމަ އެދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދިނުމަށް ވެސް ފިނޭންސްގެ ސާކިއުލާގައިވެ އެވެ.
މީގެއިތުރުން އިނާޔަތުގެ ފައިސާ މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިނގ ސިސްޓަމަށް އަޕްލޯޑްކޮށް ޕޯސްޓުކުރުމަށް ވަނީ އަންގައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
12 ދުވަސް ކުރިން
0
ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދު ވާނެ
1 އަހަރު ކުރިން
0
ރޯދައާ ގުޅުވައި އިތުރު ހަދިޔާތައް ނުދޭން އަންގައިފި
1 އަހަރު ކުރިން
0
ގޭބިސީތަކަށް މަސްދަޅު ބަހަން ފަށައިފި
1 އަހަރު ކުރިން
0
ރަމަޟާން އިނާޔަތް މިމަހުގެ 20ގެ ކުރިން ދިނުމަށް އަންގައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ތިންވަނަ ބުރަށް ހުޅުވާލައިފި
2 ގަޑިއިރު ކުރިން
0
ބަންޑާރަ މިސްކިތް ހިމާޔަތްކުރުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި
2 ގަޑިއިރު ކުރިން
0
ދިއްދޫގައި ފުލުހުންގެ އެކަމަޑޭޝަން ބްލޮކެއް، މަޑުއްވަރީގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރަނީ
2 ގަޑިއިރު ކުރިން
0
ގެދޮރުގެ ބޮޑެތި މަޝްރޫއުތަކާއި މަގުހެދުން ފަދަ ކަންކަމަށް އީއައިއޭ ހަދަން ނުޖެހޭ ގޮތް ހަދައިފި
10 ގަޑިއިރު ކުރިން
0