ވިޔަފާރި
މާލޭގައި އެސްޓީއޯގެ އިތުރު ފާމަސީއެއް ހުޅުވައިފި
މާލޭގައި އިތުރު ފާމަސީއެއް މާފަންނު މަޖީދީ މަގުގައި  އެސްޓީއޯ އިން ރޭ ހުޅުވައިފި އެވެ.

އެސްޓީއޯ ހެލްތުކެއާ ސޮލިއުޝަންސް އިން އަލަށް ހުޅުވި ފާމަސީން ބުނީ ބޭސް ސިޓީއަށް ބޭސް ދޫކުރުމުގެ އިތުރުން އެ ބޭސްފިހާރައިން ގޭގައި ބޭނުންކުރާ ސިއްހީ އެކި އާލާތްތައް ވެސް ލިބޭނެ ކަމަށެވެ.

ފާމަސީ ހުޅުވާފައި ހުންނަ ވަގުތުތައް:

ހޮނިހުރު – ބުރާސްފަތި: ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް

ހުކުރު: މެންދުރު 02:00 އިން ރޭގަނޑު 10:00 އަށް

އެސްޓީއޯއިން ބުނީ ކަސްޓަމަރުންނަށް ބޭނުންތެރި އަދި މުހިއްމު އެތައް ވަސީލަތެއް ލިބޭނެ އިންތިޒާމް ހަމަޖެހިފައި ހުރުމުގެ ސަބަބުން، ފާމަސީ ހުޅުވުމާއެކު ޙިދުމަތް ހޯދަންދާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އެސްޓީއޯ އިން އަންނަނީ ފާމަސީތައް ހިންގަމުންނެވެ. މީގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަ އިން ބޭސް ފޯރުކޮށް ދިނުމެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު