ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި
އަލީ ރާޒީ
07 ޖެނުއަރީ 2025 - 14:36
0
comments
Tweet
Telegram
ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި އެވެ.
ހުޅުމާލެ ސަަހަރާގައި މީހުން ވަޅުލުން މެދުކަނޑައިލި ކަން ހާމަކުރީ މާލެ ސިޓީ ކައުންސިލުން "އެކްސް" ގައި ކުރި ޕޯސްޓެއްގަ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ހުޅުމާލެ ސަހަރާގެ ފެންފަށަލާގައި، 8 އިންޗި އާއި 9 އިންޗިއާ ދެމެދު މިންވަރަށް ފެން ހަރުލާފައި ހުރުމުގެ ސަބަބުން ކަށްވަޅު ކޮނެ، ސަންދޯއް ބެހެއްޓުމަށް ދަތިވެފައިވާ ކަމަށެވެ.
އެހެންވެ، މި ވަގުތަށް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލެވެން ނެތް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
"މިގޮތަށް ދިމާވުމުން މިއަދު ހުޅުމާލެ ސަހަރާގައި ވަޅުލާން ހަމަޖެހިފައިވާ މީހުންގެ ޖަނާޒާގެ އިންތިޒާމު ހަމަޖެހިފައި ވަނީ މާލޭ އާސަހަރާ މިސްކިތުގައި ކަމަށް ދަންނަވަމެވެ،" ސިޓީ ކައުންސިލުން ބުންޏެވެ.
ގަދަ ވިއްސާރާގައި ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ، މީހުން ވަޅުލަން ދަތިވާ މައްސަލަ މިހާރު ވަރަށް ބޮޑެވެ. މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ހަމަ މި މައްސަލަ ދިމާވެގެން އެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލި އެވެ.
އެ މައްސަލަ ހައްލުކުރަން ހުޅުމާލެ ސަހަރާގައި ވޯޓާ ޑްރެއިނިން ސިސްޓަމެއް ގާއިމްކުރުމަށް މީގެ އަހަރެއްހާ ދުވަސް ކުރިން ސިޓީ ކައުންސިލުން ނިންމިޔަސް، މިހާތަނަށް އެ މަސައްކަތް ފަށައިފައި ނުވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ބޯހިޔާވަހިކަމުގެ އެންމެ ގިނަ މަޝްރޫއު ހިނގާ އަހަރަކަށް މިއަހަރު ވާނެ: ރައީސް
8 ދުވަސް ކުރިން
0
އާ އަހަރު ފާހަގަކުރަން ފުޑް ފެސްޓިވަލަކާ އެކު، ކުލަގަދަ ހަރަކާތްތަކެއް
1 މަސް ކުރިން
0
ގަލޮޅު ސަހަރާ އިން ބައެއް މަހާނަތައް ނަގަނީ
2 މަސް ކުރިން
0
އާ ސަހަރާގެ އުސްކޮށް ހުރި ވަށައިފާރު ބާވުމުން ތަޅާލަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރާއްޖޭގެ ހުރިހާ ރަށަކަށް ދިރާގު ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ދީފި
2 ގަޑިއިރު ކުރިން
0
މިހާރު އެމްޓީސީސީގެ މަޝްރޫއުތަކުގެ އަޕްޑޭޓް ރިއަލް-ޓައިމް ބަލައިލެވޭނެ
2 ގަޑިއިރު ކުރިން
0
ރޯދައަށް އުރީދޫއިން ހުޅުމާލޭ ގުއްބު މިސްކިތް އޭސީކުރަނީ
2 ގަޑިއިރު ކުރިން
0
މަޝްރޫއުތައް އަވަސްކުރަން ބަލްކުކޮށް ބޮޑުހިލަ ގެންނަނީ
5 ގަޑިއިރު ކުރިން
0