ޚަބަރު
އާ ސަހަރާގެ އުސްކޮށް ހުރި ވަށައިފާރު ބާވުމުން ތަޅާލަނީ
މާލޭގެ އާސަހަރާގެ ވެއްޓެއް ކައިރިވެފައި ހުރި ވަށާފާރު ވައްޓާލައި ސަހަރާ ހުޅުވާލުމަށް ނިންމައިފި އެވެ.

ކައުންސިލުން މިއަދު ބުނީ އާ ސަހާރާގެ ވެއްޓެން ކައިރިފައި ހުރި ވަށައިފާރުން ބައެއް ތަޅާލައި، ފާރު ތިރިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އާ ސަހާރާގެ ވެއްޓެން ކައިރިފައި ހުރި ވަށައިފާރު ނަގައި، ސަހަރާ ރީތިކޮށް ހުޅުވިފައި އޮންނަ ހިތްފަސޭހަ ސާފުތާހިރު ތަނަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ،" ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް މިއަދު އެތަނަށް ވަޑައިގަތެވެ.

އެ ސަހަރާގެ ވަށާފާރުގެ އެކި ތަންތަނުގައި މިހާރު ވެސް ހުރީ ރެނދުލާފައެވެ.

މާލޭގައި މަރުވާ މީހުން ވަޅުލާ އާ ސަހަރާ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ބަންދު ކުރުމަށް ފަހު، އެ ސަހަރާ އަލުން ހުޅުވާ ފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހެވެ.

މީގެ ކުރިން އެ ކައުންސިލުން ބުނެފައި ވަނީ އާސަހަރާގެ މަރާމާތުގެ މަސައްކަތުގެ ދަށުން އާސަހަރާ 3200 އަކަފޫޓަށް ބޮޑުކުރެވި މި މަޝްރޫއަށް 11.6 މިލިއަން ރުފިޔާ ހޭދަވި ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު