ޚަބަރު
އާ ސަހަރާ ނިންމައި އަންނަ ހުކުރު ދުވަހު ހުޅުވަނީ
މާލޭގެ އާސަހަރާގެ ފުރަތަމަ ބުރީގެ މަސައްކަތް ނިންމާފައި.-- އެކްސް ފޮޓޯ: މޭޔަރު އާދަމް އާޒިމް
މާލޭގެ އާ ސަހަރާ މިސްކިތުގެ މަސައްކަތް ނިންމައި، އަންނަ ހުކުރު ދުވަހު ހުޅުވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާޒިމް ވިދާޅުވީ މިސްކިތާއި ވެއިޓިން އޭރިއާ އެއްކޮށް ނިންމައި އަންނަ ހުކުރު ދުވަހު ހުޅުވައި، އެ ތަނުގައި ޖަނާޒާތައް ބާއްވަން ފަށާނެ ކަމަށެވެ.

އާސަހަރާ މިސްކިތުގެ ތިރީ ބައިގެ މަސައްކަތް ނިންމައި މި މަހުގެ ކުރީކޮޅު ވަނީ އާއްމުކޮށް ހުޅުވާލައިފަ އެވެ. ނަމަވެސް، އެއްކޮށް ނުހުޅުވާތީ ކަށުނަމާދު ކުރާކަށް ނުފަށަ އެވެ.

މާލޭގައި ޖަނާޒާގެ ހުރިހާ ކަމެއް ކުރަމުން އައި އާ ސަހަރާ ބޭނުންކުރުން މެދުކަނޑާލީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާ އަދި ވަޅުލަން ފަށާފައިވަނީ ހުޅުމާލޭ ސަހަރާގަ އެވެ.

އާ ސަހަރާ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމޭއިރު، ފުރަތަމަ ފްލޯގައި އަންހެނުންނަށް ޚާއްސަ ނަމާދުކުރާ ޖާގައެއް ހުންނައިރު، ސަހަރާއަށް އެމްބިއުލާންސް ވަނުން ސަހަރާގެ ފަހަތު ގޭޓަށް ބަދަލުކުރާނެ އެވެ. 

އޭގެއިތުރުން ދޮޅިދާންގޭގެ މައްޗަށް 35 މީހުންގެ ޖާގައިގެ ވީއަޕީ ފެންވަރުގެ ތިން ލައުންޖެއް ތަރައްގީކުރާއިރު، ކޮންމެ ލައުންޖެއްގައި ދެ ފާހާނާއާއި ގާތުންދޭ މައިންނަށް ހާއްސަ ޖާގަ ހުރުމުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭފަދަ ފާޚާނާއެއް ހުރުން ހިމެނެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު