ޚަބަރު
ބުޅާ ފެސިލިޓީއަށް ބޭނުންވާ ނަރުހުން ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފި
ހުޅުމާލޭގައި އަންނަ މަހު ހުޅުވަން ނިންމާފައިވާ ޕެޓްކެއާ ފެސިލިޓީގައި ޕެޓްތަކަށް ފަރުވާ ދޭނެ ޑޮކްޓަރުންނާއި ނަރުހުން ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

ސިޓީ ކައުންސިލުން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ވަނީ ބުޅާ ފެސިލިޓީއަށް ބޭނުންވާ ނަރުހަކާއި ޑޮކްޓަރަކު ހޯދުމަށް އިއުލާނުކޮށް އެވެ.

އެ އިއުލާނުގައި ވާގޮތުން އެ މަގާމަށް ކުރިމަތިލާ ޑޮކްޓަރުން މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތްވަނަ ނުވަތަ އަށްވަނަ ސަނަދު ހާސިލްކޮށްފައިވުމާއެކު މަޤާމުގެ ދާއިރާއެއްގައި މަދުވެގެން ހަ އަހަރުގެ ތަޖުރިބާ ލިބިފައިވާންޖެހެ އެވެ.

އެ ފަރާތުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި:
  - ހުޅުމާލޭގައި ހުންނަ ޕެޓްކެއާ ފެސިލިޓީއަށް ވެޓްރިނަރީ ޚިދުމަށް ހޯދުމަށް އަންނަ ފަރާތްތަކަށް ޚިދުމަތް ދިނުން.
  - ޕެޓްކެއާ ފެސިލިޓީއަށް ގެންދެވޭ ބުޅާތަކުގެ މެޑިކަލް އެގްޒެމިނޭޝަން ހެދުމާއި، ސިއްހީ ހާލަތު ބެލެހެއްޓުން.
  - ވެޓްރިނަރީ ޚިދުމަތް ބޭނުންވާ މާލޭގެ އަވަށްތަކަށް ޒިޔާރަތްކޮށް ޚިދުމަތް ދިނުން.

ވެޓެރިނަރީއެއްގެ މުސާރައަކީ 35،000 ރުފިޔާ އެވެ. ވެޓެރިނަރީ ނަރުހެއްގެ މުސާރައަކީ 8،130 ރުފިޔާ އެވެ. އަދި ސާވީސް އެލަވަންސްގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 100 ރުފިޔާއާއި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ މުސާރައިގެ 35 ޕަސެންޓް ލިބޭނެ ކަމަށްވެސް އިއުލާނުގައިވެ އެވެ. 

މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް ސިޓީ ކައުންސިލަށް ގުޅުމަށްވެސް އިއުލާންގައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު