ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ މައްޗަށް ނުފޫޒުގެ ދައުވާ ސާބިތުނުވި މައްސަލަ ހައި ކޯޓަށް
މަރިޔަމް އަނާ
07 ޖެނުއަރީ 2025 - 14:42
0 comments
ކުރީގެ ޑިފެންސް ޗީފް ޝިޔާމް: އޭނާއަށް ކުރި ދައުވާ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި
ކުރީގެ ޑިފެންސް ޗީފް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.ޝިޔާމްގެ މައްޗަށް ދައުވާކޮށްފައިވަނީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އެމްއާރުސީސީގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން ޝިޔާމްގެ ބައްފަ ދިރިއުޅެން ބެހެއްޓި މައްސަލާގަ އެވެ.އެ މައްސަލާގައި ކްރިމިނަލް ކޯޓުން ޝިޔާމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ މިދިޔަ 1 އޮކްޓޯބަރުގަ އެވެ. ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މިދިޔަ 29 ޑިސެމްބަރުގަ އެވެ.އިސްތިއުނާފު ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑިފެންސް ޗީފަކަށް ހުންނެވި ޝިޔާމް ވީއައިޕީ ގެއެއްގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް، އޭނާގެ ބައްޕަ ދިރިއުޅުމަށް ބަހައްޓައި، އެ މުއްދަތުގައި އެނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ހަވާލުކުރި ކަމަށް ދައުލަތުން ތުހުމަތުކުރެއެވެ.ކުރިން 2020 ވަނަ އަހަރު ޝިޔާމްގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވީ އޭރު ހުންނެވި ޕީޖީގެ އެންގެވުމަކަށެވެ. އޭސީސީން ފުރަތަމަ ނިންމީ ޝިޔާމާ ދެކޮޅަށް ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.މި މައްސަލާގައި ދިފާއުގައި ޝިޔާމް ވެސް ފާހަގަކުރައްވަމުން ގެންދެވި ކަމަކީ އޭނަގެ ބައްޕަ އެ ތަނުގައި ބެހެއްޓެވީ، ސިފައިންގޭގައި އޮންނަ އާދަކާދައިގެ ތެރެއިން ކަމަށެވެ. އެގޮތުން، ސިފައިންގެ ކޮންމެ ރޭންކެއްގެ މީހަކަށް ވެސް ކުއްލި ހާލަތްތަކާއި އެހެން ބައެއް ކަންކަމުގައި ވެސް އާއިލާ މީހުން އެ ތަނުގައި ބަހައްޓާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ކިޔުންތެރިންގެ ޝުއޫރު