ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ދެ ބޭހެއްގެ ރައްކާތެރިކަން ކަށަވަރުކޮށް ވިއްކަން ހުއްދަދީފި
މަރިޔަމް އަނާ
26 ޖެނުއަރީ 2025 - 14:15
0
comments
Tweet
Telegram
ރާއްޖެއަށް އެތެރެކޮށް އަދި ވިއްކުން މަނާކުރި ދެ ބޭހެއްގެ ރައްކާތެރިކަން ކަށަވަރުކޮށް އަނެއްކާވެސް އެ ދެ ބޭސް ވިއްކުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ން މިއަދު ދީފި އެވެ.
އެމްއެފްޑީއޭއިން ބޭނުންކުރަން ހުއްދަ ދިން ބޭސްތަކަކީ ޕާކިސްތާނުގައި އުފައްދާ ފަހެއް އެމްއެލް/ 50 މިލިގްރާމުގެ މެފްނެކް ސަސްޕެންޝަން (މެފެނެމިކް އެސިޑް) އާއި މެލޭޝިއާގައި އުފައްދާ ފަހެއް އެމްއެލް/ 125 މިލިގުރާމްގެ އެކްސެލް މެފެނެމިކް އެސިޑް ސަސްޕެންޝަން (މެފެނެމިކް އެސިޑް)އެވެ.
އެ ބޭސްތައް ބޭނުންކޮށް އެތެރެކުރުން، މިދިޔަ ނޮވެންބަރު 26ގައި އެ އޮތޯރިޓީން މަނާކުރީ ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ޑައިއީތަލިން ގްލައިކޯލް އަދި އީތައިލިން ގްލައިކޯލް ފެނުނު ކަމަށް ބުނެއެވެ.
އެމްއެފްޑީއޭން ބުނީ ވަގުތީ ގޮތުން އިމްޕޯޓް ކުރުމާއި ވިއްކުން އަދި ބޭނުންކުރުން މަނާކުރި މި ދެ ބޭހުގެ މާކެޓުން ލިބެންހުރި ބެޗްތަކުގެ ސާމްޕަލް ނަގައި އިތުރަށް ޓެސްޓުކޮށް ބަލަންޖެހޭ ބެލުންތައް ބަލައި ބޭހުގެ ރައްކާތެރިކަން ކަށަވަރުކޮށްފައިވާ ކަމަށެވެ.
މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް މި ދެ ބޭސް އިމްޕޯޓް ކުރުމާއި ވިއްކުމާ އަދި ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ.
ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދެ ބޭސް އިމްޕޯޓް ކުރާއިރު ޑައިއީތައިލިން ގްލައިކޯލް (ޑީއީޖީ) އަދި އިތައިލީން ގްލައިކޯލް (އީޖީ) އެނަލައިސިސް ރިޕޯޓް ހުށަހަޅަން ޖެހޭނެ ކަމަށާއި އެ ރިޕޯޓަކީ ޑަބްލިއުއެޗްއޯ އިން ހުއްދަ ދީފައިވާ ލެބޯޓަރީއަކުން ހަދާފައިވާ ޓެސްޓަކަށް ވާން ޖެހޭނެ ކަމަށް އެމްއެފްޑީއޭން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ދެބޭހަކީ ވެސް ތަދު ކަނޑުވަން ބޭނުންކުރާ ބޭސްތަކެކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
ރާއްޖެއިން ދެ ބޭހަކުން ކެމިކަލް ފެނުމުން ވިއްކުން މަނާކޮށްފި
4 މަސް ކުރިން
0
ހިންނަވަރު އަތުޖެހިއާ މެދު ސަމާލުވާން އެމްއެފްޑީއޭ އިން އެދިއްޖެ
4 މަސް ކުރިން
0
ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ މެންބަރުކަމަށް ހުޅުވާލައިފި
5 މަސް ކުރިން
0
ގިނަ ބާރުތަކެއް ދިނުމަށްފަހު ފުޑް އެންޑް ޑްރަގް އޮތޯރިޓީ އުފައްދައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެޗުއާރުސީއެމްގެ ނައިބު ރައީސަކަށް މުއުމިނާ އައްޔަންކޮށްފި
11 ގަޑިއިރު ކުރިން
0
ޑިމޮކްރެޓްސްގެ ރައީސަކަށް އިމްތިޔާޒު، ނައިބަކަށް ވަހީދު
11 ގަޑިއިރު ކުރިން
0
ނޫސްވެރިކަމާއި އިންޓަރނެޓް ރެގިއުލޭޓްކުރަން ސަރުކާރުން މަސައްކަތެއް ނުކުރޭ: ތަރުޖަމާނު
19 ގަޑިއިރު ކުރިން
0
އާސަންދައިގެ ޑިޕާޓްމަންޓެއް އުވައިލާތީ މުވައްޒަފުންގެ ކަންބޮޑުވެއްޖެ
20 ގަޑިއިރު ކުރިން
0