
އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ފައިސަލް ހިދުމަތް ކުރެއްވީ އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކު ކަމަށެވެ."ހިދުމަތް ކުރީ ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު. ނަތީޖާ ނެރެދެއްކި. ދާއިރާގެ އިތުބާރާ ލޯބި ހޯދި. މާތް الله ދަރިފުޅު ފައިސަލަށް ސާބިތުކަމާ ކެތްތެރިކަން މިންވަރު ކުރައްވާ މާ އުޖާލާ މާދަމާއެއް ދައްކަވާށި،" އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ފައިސަލް ވަނީ މަގާމުން ވަކި ކުރައްވައިފަ އެވެ. ނަމަވެސް، އޭނާ މަގާމުން ވަކިކުރި ސަބަބެއް އޭނާ ވަކި ކުރެއްވިކަން އެންގެވި ސިޓީގައި ވެސް ބަޔާންކޮށްފައެއް ނުވެ އެވެ.