ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
އެމްއައިބީގެ ކުޑަކުދިންގެ އެކައުންޓު ކަސްޓަމަރުންނަށް ހާއްސަ މާހެފުމެއް
މަރިޔަމް އަނާ
16 ފެބުރުއަރީ 2025 - 18:23
0
comments
އެމްއައިބީ ހެޑް އޮފީސް:
Tweet
Telegram
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ކުޑަކުދިންނަށް ހާއްސަ އެކައުންޓު ހުޅުވާފައިވާ ކަސްޓަމަރުންނަށް ހާއްސަ މާހެފުމެއް ބާއްވަން އެ ބޭންކުން ނިންމައިފި އެވެ.
އެމްއައިބީން ބުނީ، މި މަހުގެ 21ވަނަ ދުވަހު މި މާހެފުން އޮންނާނީ މާލެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހަވީރު 4:00އިން 6:00އަށް އަދި 8:00އިން 10އަށް ކަމަށެވެ.
މި މާހެފުމުގައި އެކައުންޓު ގެންގުޅޭ ކަސްޓަމަރުން ނޫނަސް ހުރިހާ ކުޑަކުދިންނަށް ބައިވެރިވެވޭއިރު، މި މާހެފުމުގެ ހަރަކާތުގައި ޚާއްސަ އިތުރު ހަރަކާތްތައް ވަނީ ހިމެނިފައެވެ. އެގޮތުން، ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާގެ ހާއްސަ "އާސްކް ޑރ. ޒެކް" އިވެންޓުގައި ކުދިންނަށް ދީނީ އެކި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެބޭންކުން ވަނީ ބުނެފަ އެވެ.
އެއެމްއައީބީގެ "ބިންގާ" އެކައުންޓަކީ އެބޭންކުން ކުޑަ ކުދިންނަށް ފަހަށް ރައްކާކުރުމަށް އިޖާދީ ބަދަލެއް ގެނެސް ތައާރަފުކުރި އެކައުންޓެކެވެ. މި އެކައުންޓުގައި ކޮންމެ ކުއްޖަކަށް ވެސް ތިން އެކައުންޓު ލިބޭއިރު، އެއީ ބިންގާ ޓްރާންސެކްޝަން އެކައުންޓަކާއި ބިންގާ ސޭވިން އެކައުންޓަކާއި ބިންގާ އިންވެސްޓް އެކައުންޓެކެވެ.
"ބިންގާ ޓްރާންސެކްޝަން" އެކައުންޓަކީ މާލީ ގޮތުން ޒިންމާދާރު ޒަމާނީ ވަސީލަތްތަށް ބޭނުންކުރުމަށް އާދަވެފައިވާ ކުދިބަޔަކަށް ހަދައިދޭނެ އެކައުންޓެކެވެ. ކުދިންގެ އުމުރުން ހަތް އަހަރު ފުރުމުން ކޭޝް ކާޑަކާއި އިންޓަނެޓް ބޭންކިން އަށް "ބިންގާ ޓްރާންސެކްޝަން" މެދުވެރިކޮށް އެކްސެސް ލިބޭނެ އެވެ.
"ބިންގާ ސޭވިން" އެކައުންޓަކީ ފަހަށް ފައިސާ ރައްކާ ކުރުމުގެ އާދަ އަށަގަންނުވަން ވަރަށް އެކަށޭނެ އެކައުންޓެއް ކަމަށް އެމްއައިބީ އިން ބުންޏެވެ. އެއީ ކުރުމުއްދަތަކަށް ފައިސާ ރައްކާ ކުރުމަށް ހާއްސަ އެކައުންޓެކެވެ.
އެމްއައިބީ އިން ބުނިގޮތުގައި، "ބިންގާ އިންވެސްޓްމަންޓް" އެކައުންޓަކީ ދިގު މުއްދަތަކަށް ފައިސާ ރައްކާކުރުމަށް ހާއްސަ އެކައުންޓެކެވެ. ކުއްޖާގެ އުމުރުން 18 އަހަރު ފުރުމުން އިތުރަށް ކިޔެވުމަށް ނުވަތަ އެޕާޓްމަންޓެއްގެ ޑައުން ޕޭމަންޓް ދެއްކުން ފަދަ ކަންކަމަށް ފައިސާ ރައްކާކުރުމަށް މި އެކައުންޓް ބޭނުންކުރެވިދާނެ އެވެ.
މި އީޖާދީ ބަދަލާއިއެކު ކުދިން މާލީ ގޮތުން ޒިންމާދާރު ބަޔަކަށް ހެދުމަށް އިތުރު ބާރަކަށް ވާނެ ކަމަށް އެމްއައިބީން ބުނެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
11 ދުވަސް ކުރިން
0
އެމްއައިބީގެ ހިއްސާދާރުންނަށް 103 މިލިއަން ރުފިޔާ ބަހަން ހުށަހަޅަނީ
15 ދުވަސް ކުރިން
0
ރޯދަ މަހުގެ ފަހު 10ގެ ތިން ދުވަހެއްގައި އެމްއައިބީ ހުޅުވާނެ
1 މަސް ކުރިން
0
އެމްއައިބީން އިހްސާން ފިހާރައާ ގުޅިގެން ބޮޑެތި ފައިސާގެ އިނާމުތަކެއް ދޭ ޕްރޮމޯޝަނެއް
1 މަސް ކުރިން
0
ވަގުތުން ޑޮލަރު މާރުކުރެވޭ ގޮތަށް އެމްއައިބީގެ އިންޓަނެޓް ބޭންކިން އަޕްގްރޭޑު ކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގައުމީ ސަލާމަތާގުޅޭ މަޝްރޫއުތަކަށް ކުރާ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފި
6 ގަޑިއިރު ކުރިން
0
ހޯރަފުށި ސިއްހީ މަރުކަޒުން ކުއްޖަކަށް ނުބައި ވެކްސިނެއް ދިން މައްސަލައެއް
6 ގަޑިއިރު ކުރިން
0
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނެއް
8 ގަޑިއިރު ކުރިން
0
އީދު ކުލަގަދަކޮށް ފާހަގަކުރުމަށް އެހީވި ފަރާތްތަކަށް ރައީސް މުއިއްޒުގެ ޝުކުރު
12 ގަޑިއިރު ކުރިން
0