ވިޔަފާރި
ވަގުތުން ޑޮލަރު މާރުކުރެވޭ ގޮތަށް އެމްއައިބީގެ އިންޓަނެޓް ބޭންކިން އަޕްގްރޭޑު ކޮށްފި
ފަސޭހަކަމާއިއެކު ޑޮލަރު މާރުކުރެވޭނެ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އިންޓަނެޓް ބޭންކިން އަޕްގްރޭޑް ކޮށްފި އެވެ.

ސަރުކާރުން ވަނީ ޑޮލަރު މާރުކުރުމުގެ އުސޫލެއް ތައާރަފުކޮށްފައެވެ. އެއާއެކު ބައެއް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ޖެހިފައިވާއިރު އެމްއައިބީން ތައާރަފުކުރި މި ޚިދުމަތާއެކު ގިނަ ލުއި ފަސޭހަތަކެއް ލިބޭނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

މި ޚިދުމަތުގެ އެންމެ މުހިންމު އެއްސިފައަކީ ރައްކާތެރިކަންކަމަށާއި މި ޚިދުމަތް ވިޔަފާރިތަކަށް އަދި އަމިއްލަ ފަރުދުންނަށް ވެސް ލިބޭނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

އެމްއައިބީން ބުނީ، އިންޓަނެޓް ބޭންކިން މެދުވެރިކޮށް މި ޕޯޓަލްއަށް ވަދެ އެމްއެމްއޭއިން ލާޒިމް ކުރާ މައުލޫމާތު ފުރުމަށްފަހު ޑޮލަރު މާރު ކުރުމުން ވަގުތުން އެ ފަރާތެއްގެ ރުފިޔާ އެކައުންޓަށް ރުފިޔާ ޖަމާވާނެ ކަމަށެވެ.

އެމްއައިބީގެ އިންޓަނެޓް ބޭންކިން ފައިސާނެޓަކީ ފަސޭހަ، ރައްކާތެރި ހިދުމަތެކެވެ. ޓޫ ފެކްޓާ އޯތެންޓިކޭޝަން ބޭނުން ކުރެވޭ އެ ހިދުމަތުން ޑާކް މޯޑްވެސް ހިޔާރު ކުރެވޭނެ އެވެ.

ފަވަރައާ އެކު އެ ހިދުމަތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައި ވާއިރު، ފައިސާނެޓުން މިހާރު ވަނީ ބޭންކަށް ލިސްޓު ފޮނުވައިގެން މުސާރަ ޖާމާކުރުމުގެ ބަދަލުގައި 24 ގަޑިއިރު އަމިއްލައަށް ސެލެރީ ކޯޑުގައި ވަގުތުން މުސާރަ ޖަމާކުރެވޭ ބަލްކް ޓްރާންސްފާގެ ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި ފުލީ ފްލެޖް އިސްލާމިކް ބޭންކުން ދަނީ ޓެކްނޮލޮޖީގެ އެހީގައި ރައްކާތެރި ގިނަ ހިދުމަތްތަކެއް ދެމުންނެވެ. އެގޮތުން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވޭ ރާއްޖޭގެ ހަމައެކަނި ބޭންކަކީ އެމްއައިބީ އެވެ. ވަގުތުން ކާޑު ލިބޭއިރު މައުލޫމާތު އަޕްޑޭޓްކުރުމާއި ފައިނޭންސިން އަށް ވެސް އޮންލައިންކޮށް އެދެވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު