
ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސިންގެ ބަޔޯމެޓްރިކްސް ޑޭޓާ އަޕްޑޭޓު ކުރުމުގެ އެންމެ ފަހު ތާރީހަކީ އޭޕްރީލް 20 ވަނަ ދުވަސް ކަމަށެވެ.އެ ތާރީހުގެ ކުރިން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސިންގެ ފޮޓޯ އަދި ފިންގާޕްރިންޓް އަޕްޑޭޓް ކުރަންޖެހެ އެވެ.އެ މިނިސްޓްރީން ވަނީ މާލެ ސަރައްހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި ވަޒީފާއަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް މާޗް ފުރަތަމަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް އަންގާފަ އެވެ.