ޚަބަރު
ރައީސް އޮފީހުގެ މިނިސްޓަރު ހަލީލް ހޯރަފުއްޓަށް ވި ކުލަ ނުވި ހޮޅި ވައުދުތައް..!
ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް
ނިމުނު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ވި ވައުދުތައް ނުފުއްދި ގިނަ ދުވަސްތަކެއް ފާއިތުވަމުންދާތީވެ އެކަމުގެ ކަންބޮޑުވުން ހޯރަފުށީ ދާއިރާގެ ތިން ރަށުގެ ރައްޔިތުން ފާޅުކޮށްފި އެވެ.

މަޖިލިސް އިންތިހާބުގެ ކެންޕެއިން އަށް ހޯރަފުއްޓަށް ވަޑައިގެން ބޭއްވި ކުޑަ ޖަލްސާ އެއްގައި ހަލީލް ވިދާޅުވީ އޭނާގެ ވަރަށް ގާތް ރަހްމަތްތެރިއަކު ގުޅުއްވާ މި ސަރުކާރުން ދެއްކި ކެންޑިޑޭޓް ހޯރަފުށީ ދާއިރާއިން ހޮވިއްޖެ ނަމަ ގިނަ ކަންތައްތަކެއް ހޯރަފުއްޓަށް އަދި ހޯރަފުށި ދާއިރާ އަށް ވުމަށް އޭނާ އެދޭ ކަމަށް ހަލީލް އަރިހުގައި ވިދާޅުވި ކަމަށެވެ.

ޗަމްޕާ މުހައްމަދު މޫސާ މަޝްހޫރު ނަމުން ނަމަ "އުއްޗު" ވިދާޅުވި ކަމަށް ބުނެ އެ ޖަލްސާގައި ހަލީލް ވިދާޅުވީ އަލީ މޫސާ ހޮވުމުން ހޯރަފުށީގައި ހުރި އައިސްޕްލާންޓް މަސައްކަތް ހުއްޓިފައި ހުރުމުން ހޯރަފުށީގައި އާ އައިސް ޕްލާޓެއް ގާއިމުކޮށްދޭނެ ކަމަށެވެ.

އަދި ވިދާޅުވީ ހޯރަފުށީގައި ހޭންޑް ބޯޅަ އަދި ބަށި ބޯޅަ ކުޅެވޭ ގޮތައް އެންމެ ޒަމާނީ ބަށި ކޯޓެއް ގާއިމުކޮށްދޭނެ ކަމަށާއި އަދި ބަށިކޯޓަށް ފަހު ކުރިއަށް އޮތް ފަސް އަހަރު މުޅި އަތޮޅަށް ހުޅުވާލައިގެން މުޅި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ބަށި މުބާރާތް އަގު ބޮޑު އިނާމަކާއިއެކު ބާއްވަ ދޭނެ ކަމަށެވެ.


ޗަމްޕާ މުހައްމަދު މޫސާ ވިދާޅުވި ކަމަށް ބުނެ ހަލީލް އިތުރަށް ވިދާޅުވީ ހޯރަފުށީގެ ރައްޔިތުންނަށް އަދި ހޯރަފުށީގެ ދާއިރާގެ ރައްޔިތުންނަށް ހޯރަފުށީގެ ސިއްހީ ހާލަތު، ސިއްހީ ހިދުމަތް ހޯދުމަށްޓަކައި ވަރަށް ގިނަ ދަތިތައް ހުރުމުން މި ރަށުގައި ޒަމާނީ ފިޒިއޯތެރެޕީ ސެންޓަރެއް ގާއިމްކުރަން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހަދިޔާ ކޮށްދޭނެ ކަމަށެވެ.

"އެކަމު އެއީ އަލީ މޫސާ ހޮއްވަވައިފި ނަމަ އިނގޭތޯ.. އަލީ މޫސާ ނުހޮވިއްޖެ ނަމަ އެއް ވެސް ކަމެއް ނެތް" ހަލީލް ވިދާޅުވި އެވެ.


ހަލީލް ވިދާޅުވީ މީ ރަށެއްގެ ތަރައްގީއަށްޓަކައި ވީ ވައުދުތަކެއް ކަމަށެވެ. 

މިހާރު ވަރަށް ބޮޑަށް ޝޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ އެ ވީޑިއޯގައި ހަލީލް އިތުރަށް ވިދާޅުވަނީ އަލީ މޫސާ ހޮއްވަވައިދެއްވައިފިނަމަ އެންމެ ޒަމާނީ ވޯޓާ ސްޕޯޓްސް ސެންޓަރެއް ގާއިމް ކޮށްދެއްވާނެ ކަމަށާއި އެ ސެންޓަރުގައި ޖެޓްސްކީ ފަދަ ތަފާތު ޒަމާނީ ވަސީލަތްތަކާއިއެކު މި ސަރަހައްދަށް ޒުވާނުން އެންޖޯއީ ކޮށްލާނެ ޒަމާނީ ތަނެއްގެ ގޮތުގައި ގާއިމްކޮށް ދެއްވާނެ ކަމަށެވެ.



ނަމަވެސް މިއަދު ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ ޝަކުވާއަކީ މި ސަރުކާރުގެ އިސްބޭފުޅަކު ހޯރަފުއްޓަށް ވަޑައިގެން އެދެއްކެވި ވާހަކައިގެ "އަސްލެއް" ނެތުމުން ނެވެ. 

ހަލީލްގެ ވާހަކަ އަށް ފާޑުކިޔާ އެ ވީޑިއޯއަށް ކޮމެންޓް ކުރި މީހަކު ބުނީ ވޯޓުން އެބުނާ މީހަކު ހޮވުމުން ހަލީލް ގެއްލިއްޖެ ކަމަށާއި ހޯރަފުށީގެ ތަރައްގީ ހުއްޓުނީ ހަލީލް އެދުނުގޮތަށް ދިން ވޯޓަށް ފަހު ކަމަށެވެ.

އިތުރު މީހަކު ވަނީ ހަލީލްގެ ގުއިރޯނުގައި ޖެހުނު މީހުން ކޮބާތޯ އައްސަވާފަ އެވެ. އަދި ވެރިކަމުގެ ބާރުގައި ތިބެ "ސަރުކާރު އެމްޕީ" ހޮވުމަށް އެދި އެކަން ވުމުން ވީ ވައުދު ހޮޅި އަށް ވުން ބަލައި ނުގަނެވޭނެ ކަމަށެވެ. 


އިތުރު އެހެން މީހަކު ބުނީ ނިމުނު ސަރުކާރުތަކުގެ ފަސް އަހަރުގެ ދައުރުތަކަކީ "މައި ސަރުކާރު"ގެ ލެންސަށް ހޯރަފުށި ދާއިރާ އެރި ދުވަސްތައް ކަމަށާއި އެކަމުގެ ބިންގަލަކީ "ސަރުކާރުން ދެއްކި މީހާ" އަށް ރައްޔިތުން ވޯޓު ދިނުން ކަމަށެވެ. 

ނަމަވެސް މިފަހަރު ސަރުކާރުގެ ކެންޑިޑޭޓަކާއެކު ހޯރަފުށި ދާއިރާ އަށް ކުރިއެރުން ލިބުން މަޑުޖެހިފައި އޮތުން ބަލައިނުގަނެވޭ ކަމަށެވެ.

އިތުރު އެހެން ޕޯސްޓެއްގައި ހަލީލްގެ ވާހަކަތަކަށް އިޝާރާތްކޮށް ބުނެފައިވާ ވަނީ... 

ކިޔުންތެރިންގެ ޝުއޫރު
50%
0%
0%
50%
2 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު