މޯލްޑިވްސް އެކްސްޕޯގެ ސަރުކާރު ކުންފުނިތަކުގެ ބައިން އެއް ވަނަ ސްޓެލްކޯއަށް
އަލީ ރާޒީ
23 މެއި 2025 - 13:39
0 comments
މޯލްޑިވްސް އެކްސްޕޯގެ އިނާމު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީއާ ރައީސް ހަވާލުކުރައްވަނީ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ދާއިރާއިން އެއްވަނަ ސްޓެލްކޯއަށް ލިބިއްޖެ އެވެ.
މި އިނާމު ދިނީ މޯލްޑިވްސް އެކްސްޕޯގެ އިނާމު ދިނުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ދެއްވި އިނާމާ ހަވާލުވެވަޑައިގަތީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ އެވެ.މި އެކްސްޕޯގައި ސްޓެލްކޯ އިން ދައްކާލަނީ އެ ކުންފުނިން އަލަށް ތައާރަފުކޮށްފައިވާ 'ރީޖަނަލް ސްކާޑާ' ނިޒާމެވެ. މިއީ ސްޓެލްކޯގެ ދަށުން ހިންގާ ހުރިހާ ރަށެއްގެ ކަރަންޓު އުފެއްދުމާ ގުޅޭ އެންމެހާ ކަންކަން މޮނިޓަރުކޮށް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ ހާއްސަ ނިޒާމެކެވެ.މި ނިޒާމުގެ ސަބަބުން ކަރަންޓު ކެނޑޭ މިންވަރު މަދުކޮށް، އަދި ކުރިމަގުގައި ބޭނުންވާނެ ކަރަންޓުގެ މިންވަރު އިތުރަށް ސީދާކޮށް ލަފާކުރެވޭނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.އުފެއްދުންތެރިކަމުގެ މަޢުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 31 ގެ ނިޔަލަށެވެ. މި މަޢުރަޒު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގަ އެވެ.މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މި މަޢުރަޒު، އިންތިޒާމްކޮށް ކުރިއަށް ގެންދަނީ، އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.ރައީސް މުހައްމަދު މުއިއްޒު، މޯލްޑިވްސް އެކްސްޕޯގެ އިނާމު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީއާ ހަވާލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)
ކިޔުންތެރިންގެ ޝުއޫރު