ކިނބިދޫ ހަދީޖާ ވަގު ލިޔުން ހުށަހަޅައިގެން މަކަރުން ހޯދި ފްލެޓް އަތުލަން ގިނަ ބަޔަކު ގޮވާލަނީ
އައިމިނަތު ޝިޔާޒާ
28 ޖުލައި 2025 - 19:52
4 comments
ތ. ކިނބިދޫ، އަސްރަފީގެ، ޚަދީޖާ އަދި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް
ތ. ކިނބިދޫ، އަސްރަފީގެ، ޚަދީޖާ އަޙްމަދު ވަގު ލިޔުން ހުށަހަޅައިގެން މަކަރުހަދައި އޮޅުވާލައިގެން ބިންވެރިޔާ ސްކީމްގެ ދަށުން ހޯދި ފްލެޓު އަތުލަން ގިނަ ބަޔަކު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބަށް ގޮވާލަން ފަށައިފި އެވެ.
އުމުރުން 66 އަހަރުގެ ޚަދީޖާ މިހާރު ވަނީ ފަހިދިރިއުޅުން ކޯޕަރޭޝަނާއެކު އެގްރީމެންޓްގައި ވެސް ސޮއިކޮށްފަ އެވެ.ބިންވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުމުގެ އަސާސީ ޝަރުތަކީ މާލޭގައި 15 އަހަރު ދިރިއުޅެފައިވުމެވެ. ނަމަވެސް ފްލެޓަށް ފޯމު ހުށަހެޅި ދުވަހާ ހަމައަށް ޚަދީޖާ މާލޭގައި އުޅޭތާ 8 އަހަރު ވެސް ނުވާކަމަށް އެ ރަށުގެ ގިނަ ރައްޔިތުން ކަށަވަރުކޮށްދިނެވެ.ކަށަވަރުވެ ޔަގީންވެފައިވާ ގޮތުގައި ޚަދީޖާ މާލެ ބަދަލުވީ 2016 ވަނަ އަހަރުއެވެ. ކޯޓުން ޚަދީޖާއާ ބަލަދުވެރިކަން ހަވާލުކޮށްފައިވާ މާމާ ދަރިއަކު ހުރެއެވެ. ޚަދީޖާ މާލެ ބަދަލުވި އަހަރު އެ ކުއްޖާ ވަނީ އިމާދުއްދީން ސްކޫލަށް ވައްދާފައެވެ. ރަށު ސްކޫލުން އެންމެ ފަހުން އެ ކުއްޖާ ކިޔެވީ ގްރޭޭޑް 4 ގައެވެ. 2024 ވަނަ އަހަރު ސްކޫލް ނިމިފައިވާއިރު، އެއީ 2007 ވަނަ އަހަރު އުފަންވި ކުއްޖެކެވެ.ކިނބިދޫ ސްކޫލާއި އިމާދުއްދީން ސްކޫލުން މިކަން ކަށަވަރުކޮށްދެއެވެ. އެ ދަރިފުޅުގެ ބަލަދުވެރިކަން ޚަދީޖާއާ ހަވާލުކުރިކަން ކޯޓުގެ ނިންމުމުން އެނގެން އެބައޮތެވެ. "މާތްﷲ ގަންދީ ހުވާކޮފަ މި ބުނަނީ ޚަދީޖާ މާލެ ބަދަލުވިތާ 15 އަހަރު ނުވާނެ. މިނިސްޓަރު މުއްތަލިބަށް ގޮވާލަން ފްލެޓް ހަވާލުކުރާ މީހުންގެ ލިސްޓް ސިއްރުކޮށްގެން، ރައްޔިތުންނަށް ޝަކުވާ ހުށަހެޅެން އޮތް ދޮރު ބަންދުކޮށްގެން ތިކުރަމުންދާ ކަންތައްތައް މިހާރުން މިހާރަށް ހުއްޓާލުމަށް،" ކިނބިދޫން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.ކިނބިދޫގެ ގިނަ ބަޔަކު ވަނީ ޚަދީޖާ ނުހައްގުން ހޯދި ފްލެޓް އަތުލައި ނިކަމެތި ހާލުގައި މާލޭގައި ދިރިއުޅޭ ޝަރުތުހަމަވާ އެހެން ފަރާތަކަށް އެ ފްލެޓް ހަވާލުކުރަން މިނިސްޓަރު މުއްތަލިބަށް ގޮވާލައްވާފަ އެވެ."ވަރަށް އާދޭހާއެކު މިނިސްޓަރު މުއްތަލިބަށް ގޮވާލަން، ދަންނަވަން، އިލްތިމާސްކުރަން، ދެފައިގަ ހިފާފަ އާދޭސްކުރަން ނުހައްގުން ޚަދީޖާ ހޯދާފައިވާ ފްލެޓް އަތުލައި އޭގެ ހައްގުވެރިއަކާ ހަވާލުކުރަން. މިއީ ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދާ ވެސް ޚިލާފު ކަމެއް،" ކިނބިދޫން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.ކުރީ ސަރުކާރުގެ ލިސްޓަށް ފްލެޓުން ހައްގު ނޫން މީހުން އުނިކުރުމަށްފަހު ފްލެޓް ހަވާލުކުރާނެކަން މިނިސްޓަރު މުއްތަލިބު މީގެކުރިން އިއުލާންކުރިއެވެ. ނަމަވެސް އެފަދަ މީހުން އުނިކުރުމުން އެކުލަވާލެވިފައިވާ ލިސްޓު ވަނީ ސިއްރުކޮށްފައެވެ. ފްލެޓް ހޯދުމަށް ޚަދީޖާ ހުށަހަޅާފައިވާ ހުރިހާ ލިޔުންތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އެ ރަށުގެ ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ. އެ މީހުން ބުނީ އެ ލިޔުންތައް ހާމަކުރުމުން، އެއީ ވަގު ލިޔުންތައްކަން އެ މީހުން ސާބިތުކޮށްދޭނެ ކަމަށެވެ."ރައްޔިތުންގެ ނަމުގައި ބޮޑު ލޯނު ނަގައިގެން ރައްޔިތުންގެ ޓެކްސް ފައިސާ އިން އެ ލޯނު ދައްކާގޮތަށް އަޅާފައިވާ ފްލެޓްތައް ހައްގު ނޫން ބަޔަކަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މިނިސްޓަރު މުއްތަލިބު މިކަމާ މެދު ވިސްނަވާނެ ކަމަށް އުންމީދު ކުރަން،
ކިޔުންތެރިންގެ ޝުއޫރު