ޚަބަރު
ޒަކާތު ފަންޑުގެ ސްކޮލަޝިޕް 24 މީހަކަށް ލިބިއްޖެ
ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށްދޭ ސްކޮލަރޝިޕް އަދި ހާއްސަ ސްކޮލާޝިޕް ލިބުނު ފަރާތްތަކަށް ރޭ ލިޔުުން ހަވާލުކޮށްފި އެވެ.

ސްކޮލަޝިޕް ލިބުނު މީހުންނާ އެ ލިޔުން ހަވާލު ކޮށްދެއްވީ އެކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.

އިސްލާމިކް މިނިސްޓްރީން ރޭ ބުނީ އެ ސްކޮލަޝިޕްތަކަށް ހުޅުވާލުމުން ޖުމްލަ 27 އެޕްލިކޭޝަނެއް ލިބުނު ކަމަށެވެ. އެއީ މަތީ ތައުލީމުގެ ހާސިލްކުރުމަށް ދޭ ސްކޮލަޝިޕަށް ހުށަހެޅި 18 އެޕްލިކޭޝަނާއި ހާއްސަ ސްކޮލަޝިޕަށް ހުށަހެޅި 9 އެޕްލިކޭޝަން ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ ތެރެއިން 17 މީހަކަށް ފުލް ސްކޮލަޝިޕާއި ހަ މީހަކަށް ސްޓައިޕެންޑް އަދި އެކަކަށް ޓިއުޝަން ފީގެ ފުރުސަތު ލިބުނެވެ.

ޒަކާތު ސްކޮލާޝިޕްގެ އެހީއަކީ ދިވެހި އުންމަތް ހަރުދަނާކުރުމަށް އެ ދާއިރާއަކުން މީހުން ތައްޔާރުކުރަން ކޮންމެހެން ލާޒިމުވާ، ޝަރުޢީގޮތުން ހުއްދަ ދާއިރާތަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންގެ ތެރެއިން މާލީގޮތުން ފުދުންތެރިކަން ނެތް ދިވެހި ދަރިވަރުންނަށް ޒަކާތު ފަންޑުން ދެވޭ އެހީއެކެވެ.

ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން ތިން ބަޔަކަށް އެހީތެރިކަށް ފޯރުކޮށްދެއެވެ. އެއީ، މަތީ ތައުލީމު ހާސިލުކުރަން ދޭ ސްކޮލާޝިޕާއި މަތީ ތައުލީމު ހާސިލުކުރަން ދޭ ޚާއްސަ ސްކޮލާޝިޕްގެ އިތުރުން މަތީ ތައުލީމު ފުރިހަމަކުރުމަށްދޭ އެހީއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު