ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އަރަބިއްޔާ ހުރި ބިމުގައި ޕާކެއް ހެދުމުގެ ވިސްނުން
އައިމިނަތު ޝިޔާޒާ
26 ނޮވެމްބަރ 2025 - 08:52
0
comments
Tweet
Telegram
ޗާންދަނީ މަގުގައި އަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ތަޅާލައި އެތަނުގައި ޕާކިން ޒޯނަކާއި ޕާކެއް ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަރަބިއްޔާ ސްކޫލު ހުރި ބިމާ ގުޅޭގޮތުން އާންމުން ދެކޭ ގޮތުގެ ހިޔާލާއި މަޝްވަރާ ހިއްސާކުރުމަށް ރައީސް މުއިއްޒު ވަނީ މިބައްދަލުވުމުގައި ފުރުސަތު ދެއްވާފަ އެވެ.
ރައީސް ވިދާޅުވީ އަރަބިއްޔާ ސްކޫލު ހިންގި އިމާރާތް ބޭނުން ނުކުރެވޭ ހާލަތުގައި ހުރުމުން އެ އިމާރާތް ތަޅާލައި ބިން ސާފުކުރަން ނިންމާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ 11000 އަކަފޫޓުގެ އެ ބިމުގައި ވެހިކަލް ޕާކް ކުރެވޭ ގޮތަށް އިޖުތިމާއީ ޕާކެއް ހެދުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށްވީ މައްޗަންގޮޅީގެ ރައްޔިތުން ދެކޭ ގޮތް ބަލަން ބޭނުންވާ ކަމަށެވެ.
"ދެ ބޭނުމަކަށް އެބިމުގެ ބޭނުންކުރަން ވިސްނަނީމި. އަޅުގަނޑުގެ ވިސްނުމަކީ އެތަނުގައި ބޮޑު ސަރަޙައްދެއްގައި ޕާކިންއެއް ތަރައްޤީކޮށް، ގްރީން ސްޕޭސްއަކާއެކު ކޮމިއުނިޓީ ޕާކަކާއެކު ތަރައްޤީކުރުން،" ރައީސް ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލު ހިންގަމުން އައި ހަތް ބުރީގެ އެ އިމާރާތް ހުޅުވިތާ އަށް އަހަރު ފަހުން އެ ސްކޫލުގެ ތަނބުތަކުގައި ބޮޑެތި ރެނދުތަކެއް ލުމުން، ދަރިވަރުން ބަދަލުކުރުމަށް ފަހު، އެ އިމާރާތުގެ އެއްބައި ބޭނުން ކުރަމުން އައީ އިލެކްޝަން ކޮމިޝަނާއި އެޑިއުކޭޝަން މިނިސްޓްރީގެ މުދާ ބަހައްޓާ ގުދަނެއްގެ ގޮތުގަ އެވެ. އަނެއް ބައި ބޭނުން ކުރީ ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓް އޮފީސް ހިންގުމަށެވެ.
އެކަމަކު އެތަން ތަޅާލުމަށް ނިންމާފައިވާތީ މުދާތައް ނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަންގައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
16 ގަޑިއިރު ކުރިން
0
ޝަކުވާ ހުށަހެޅުމަށް ހާއްސަ އޮފީސް ޖުލައި 26ގެ ކުރިން ހުޅުވަނީ
1 ދުވަސް ކުރިން
0
ސިޔާސީގޮތުން އެއްވެސް މީހަކު ޖަލަށްލާފައި ނޯންނާނެ: ރައީސް
4 ދުވަސް ކުރިން
0
ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތައް އުވާލައްވައިފި
4 ދުވަސް ކުރިން
0
ރައީސްގެ މާލީ ބަޔާން ހާމަކުރައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހަތަރު ޑައިވަރުންގެ ހަށިގަނޑު އިޓަލީއަށް މިރޭ ފޮނުވަނީ
7 ގަޑިއިރު ކުރިން
0
ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރަން ޔޫކޭއާއެކު މަޝްވަރާކޮށްފި
7 ގަޑިއިރު ކުރިން
0
ތައިލެންޑުން ދިވެހިންނަށް ދޭ އޮން އެރައިވަލް ވިސާ 15 ދުވަހަށް ކުޑަކޮށްފި
7 ގަޑިއިރު ކުރިން
0
ޝަކުވާ ހުށަހެޅުމަށް ހާއްސަ އޮފީސް ޖުލައި 26ގެ ކުރިން ހުޅުވަނީ
16 ގަޑިއިރު ކުރިން
0