
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ގާޒީ ފާއިޒު ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމީ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހިލާފަށް ގާޒީ ފާއިޒު ޢަމަލުކޮށްފައިވާކަން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ތަހުޤީގު ކޮމިޓީއަށް ސާބިތުވެފައިވާތީ ކަމަށެވެ.ގާޒީ ފާއިޒުގެ މި އަމަލަކީ، ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ކަނޑައަޅާފައިވާ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ބުންޏެވެ.އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ގާޒީ ފާއިޒު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.