
ޒަކާތު ހައުސްއިން މިއަދުކުރި އިއުލާނުގައި ބުނީ މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބަކީ 19،527.90ރ. ކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޒަކާތުގެ ނިސާބުގެ ގޮތުގައި މިހައި ބޮޑު އަދަދެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.މުދަލުޒަކާތުގެ ނިސޯބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ފައިސާއިން ޒަކާތް ދައްކާނަމަ، ފައިސާ އަގުކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ. ރާއްޖޭގައި ޒަކާތް ނެރެނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގު ރާއްޖޭގައި ކަނޑައަޅަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.ޒަކާތު ހައުސްއިން ބުނީ މުދަލު ޒަކާތުގެ ނިސޯބު ކަނޑައަޅާފައި ވަނީ ރިހި ގްރާމަކަށް 32.82ރ. ރޭޓުން 595 ގްރާމަށްވާ އަދަދު ކަމަށެވެ.މުދަލު ޒަކާތް ނެރުން ވާޖިބުވެގެން ވަނީ ފަސް ބާވަތެއްގެ މުދަލުންނެވެ. އެއީ: