ޚަބަރު
މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދޯހަޅި: މީކާއިލް
މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދޯހަޅި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް، މިއަދު ވިދާޅުވެއްޖެ އެވެ.

މިކާއީލް މިހެން ވިދާޅުވީ "ކަޓު" ނެގުމާއި ނަސްލީ ތަފާތުކުރުމުގެ ސީރިއަސް ތުހުމަތުތަކަކާ އެކު، އަވައްޓެރި ސްރީ ލަންކާގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހިންނާ މެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރާކަމަށް، ރާއްޖޭން އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވިދާޅުވުމާއި ގުޅިގެންނެވެ.

ލަންކާގެ ޑެއިލީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި މަސްއޫދު ދިން އިންޓަވިއުއާއި ގުޅުވާ އެކްސްގައި ކުރެއްވި ޕޯސްޓްގައި މީކާއީލް މިއަދު ވިދާޅުވީ، މިއީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދޯހަޅިކަމުގެ ނަތީޖާ ކަމަށެވެ. އަދި، އޭނާ ވަނީ "ޑިޕްލޮމަސީ ހިންގަނީ ނޫސް މަޖައްލާ މެދުވެރިކޮއްތޯ؟" ސުވާލު އުފައްދަވައިފަ އެވެ.

"އަނެއްކާ “ލަންކާއައުޓް” ނުފަށައިފިއްޔާ ކިތަންމެހާ ވެސް ރަނގަޅު!" މީކާއީލް ވިދާޅުވި އެވެ.

ލަންކާ ނޫހާއި ދެއްކެވި ވާހަކަ މަސްއޫދު ނިންމާލެއްވީ އިންޒާރަކުންނެވެ. އެގޮތުން މިގޮތަށް ކަންކުރާނަމަ ރާއްޖޭގައި އުޅޭ ލަންކާ ރައްޔިތުންނަށް ވިސާ ދޫކުރުމުގެ އުސޫލު ހަރުކަށިކުރަން މަޖުބޫރުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އިތުރަށް ކިޔާލަން: ލަންކާ ރައްޔިތުންނަށް ވިސާ ދިނުމުގެ އުސޫލު ހަރުކަށި ކުރަންޖެހިދާނެ: މަސްއޫދު އިމާދު

ކިޔުންތެރިންގެ ޝުއޫރު
67%
33%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު