ޚަބަރު
މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އެމްޑީ އަދި ސީއީއޯކަމަށް ނޫރުބާން
ނޫރްބާން ފަހުމީ
މޯލްޑިވްސް ސެކިޔުރިޓީސް ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނޫރްބާން ފަހުމީ އައްޔަނުކޮށްފި އެވެ.

އެމްއެސްޑީން ބުނި ގޮތުގައި އެމްއެސްޑީގެ އެންމެ އިސް މަގާމުގެ އިތުރުން، އެމްއެސްއީގެ ޗީފް ސްޓްރެޓެޖީ އޮފިސަރުގެ މަގާމާއި ދެ ކުންފުނީގެ ބޯޑު މެންބަރުކަން ވެސް ނޫރްބާންއަށް ވަނީ ދީފައެވެ. މި ބަދަލުތަކަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

މި އިދާރީ ބަދަލުތަކަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ޖަވާބުދާރީވުމުގެ ނިޒާމު ވަރުގަދަކުރުމާއެކު، ރާއްޖޭގެ ކެޕިޓަލް މާކެޓް އައު އުސްމިންތަކަކަށް ވާސިލުކޮށްދިނުމަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އަމާޒުތައް ހާސިލުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ނޫރްބާން ފަހުމީއަކީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި އެމްއެސްޑީ އާއި އެމްއެސްއީގެ އެކި އިސް މަގާމުތައް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

އެގެ ތެރޭގައި ސީއޯއޯ މަގާމާއި ލީގަލް ކައުންސެލް އަދި ކޮމްޕެނި ސެކެޓްރީގެ މަގާމުގެ ހިމެނެ އެވެ. އޭގެ ކުރިން އޭނާ ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ކައުންސެލްގެ މަގާމު ފުރުއްވާފަ އެވެ.

ގާނޫނީ އަދި ޕަބްލިކް މެނޭޖްމަންޓު ދާއިރާއިން މަތީ ތައުމީލް ހާސިލުކުރައްވާފައިވާ ނޫރްބާން ވަނީ ގާނޫނީ ދާއިރާއިންނާއި ހިންގުމުގެ ދާއިރާގައި އެހެން ގިނަ މަގާމުތަކެއް ވެސް ފުރުއްވާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު