އަލީ ރާޒީ
12 ފެބުރުއަރީ 2026 - 12:18
0 comments
ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ހައްޖު ޕްރޮމޯޝަންގެ ދަށުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭ 10 ނަސީބުވެރިން ހޮވައިފި އެވެ.
ހައްޖު ދަތުރު ލިބުނު ފަރާތްތައް ބީއެމްއެލްގެ ވެބްސައިޓުން ފެންނާނެ އެވެ.އެ ޕްރޮމޯޝަނުގެ ބައިވެރިކުރީ ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންނާއި އަލަށް ހިދުމަތް ބޭނުންކުރަން ފެށި ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިން ފެސިލިޓީއެއް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނާއި މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށާއި ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނެވެ.
އެ ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށެވެ.