
ދިވެހިރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ފަރާތްތަކުން މައްކާއަށް ގޮސްފައިވަނީ، މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. 4 ދުވަހެއްގައި އޮތް ޖުމުލަ 4 ފްލައިޓުން ޙައްޖުވެރިން ދަތުރުކޮށްފައި ވެއެވެ. ދިވެހިން މިފަހަރު މައްކާއަށް ދަތުރުކުރީ، ސައުދިއާ އަދި މޯލްޑިވިއަން އެއަރލައިންގެ ފްލައިޓުގަ އެވެ.ޙައްޖުވެރިން ރާއްޖެ އައުމަށްވެސް ހަމަޖެހިފައިވަނީ، ޖުމްލަ 4 ފްލައިޓެއްގަ އެވެ. ރޭ ފުރަތަމަ ފްލައިޓް އައިސްފައިވާއިރު ދެން ބާކީ ފްލައިޓުތައް އަންނާނީ، އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހުއެވެ.މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހަކު ހައްޖަށް ދިޔަ އެވެ. އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.