
ފުވައްމުލަކު އެއަރޕޯޓު ސަރަހައްދުގައި ހުޅުވި މި އޭޓީއެމްއަކީ އެ ސިޓީގައި ގާއިމުކުރެވުނު 4 ވަނަ އޭޓީއެމްއެވެ.ބީއެމްއެލްއިން ވިދާޅުވި ގޮތުގައި، ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތަކީ ހުރިހާ ރަށެއްގެ ރައްޔިތުންވެސް ބޭނުންވާ މުހިންމު ހިދުމަތެކެވެ. މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި މި ހިދުމަތް ބޭނުންކުރަމުންދާ މިންވަރުން، ރައްޔިތުން މި ހިދުމަތް ބަލައިގެންފައިވާ މިންވަރު ހާމަވާކަމަށް ބޭންކުން ފާހަގަކުރެއެވެ. ފުވައްމުލަކުގައި މިދިޔަ އަހަރުގެ ތެރޭގައި ޑޮލަރު އޭޓީއެމްގެ ހިދުމަތްވެސް ވަނީ ފަށާފައެވެ.