ޚަބަރު
ތިލަމާލެ ބްރިޖު މަޝްރޫއުގެ 75 ޕަސެންޓް ނިމިއްޖެ
ތިލަމާލެ ބުރިޖުގެ މުޅި މަޝްރޫޢުގެ %75 މަސައްކަތް ނިމިއްޖެ އެވެ.

މި މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ ބްރިޖު ޑެކަށް ބޭނުންވާ ސެގްމަންޓުތައް ކާސްޓްކުރުމާއި، އެ ތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތެވެ.

އެ ގޮތުން ބްރިޖު ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓުގެ ތެރެއިން 90.4 ޕަސެންޓް ސެގްމަންޓް ކާސްޓްކޮށް ނިމިފައިވާއިރު ގެ ތެރެއިން 72.9 ޕަސެންޓް ސެގްމަންޓް، ބްރިޖުގެ ތަނބުތައް ގުޅާލުމަށް ވަނީ އިންސްޓޯލްކޮށް ނިންމާފަ އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށީ އޮގަސްޓް 2022ގަ އެވެ. 

ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ. މި މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާނެއެވެ.

މުޅި މި މަޝްރޫއަށް 500 މިލިޔަން ޑޮލަރު ހޭދަވާނެ އެވެ. އެއީ، 7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ އެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ، އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ. އަދި މި މަޝްރޫއަށް ދިވެހި ސަރުކާރުންވެސް ހަރަދު ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު