ޚަބަރު
އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިހާބުކުރުން ފަސްކޮށްފި
އެލްޖީއޭއިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި އެވެ. 

މި އިންތިހާބު ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެލްޖީއޭއިން ނެރުނު ބަޔާނުގައި ބުނީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ. މި އިންތިހާބު ފަސްކޮށްފައިވަނީ އިންތިޚާބާއި ގުޅިގެން ކުރަން ޖެހޭ މުހިންމު މަސައްކަތް ނިމިފައި ނުވާތީ ކަމަށް އެލްޖީއޭއިން ބުންޏެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް ޕާޓީތަކުން ނެރޭނެ ކެންޑިޑޭޓުން ވެސް ވަނީ ކަނޑައަޅާފަ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު