ޚަބަރު
އެލްޖީއޭގެ ބޯޑަށް އައްޔަންކުރެއްވުމަށް މަޖިލީހަށް ދެ ނަމެއް!
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މެންބަރުންގެ ތެރެއިން ދެ މެންބަރަކު އައްޔަންކުރެއްވުމަށް ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނަން ފޮނުއްވައިފި އެވެ.

އެ ބޯޑުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ ތިން މެންބަރެއްގެ ދައުރު އަންނަ މަހުގެ 20އަށް ހަމަވާނެ އެވެ. ބޯޑަށް އައްޔަންކުރުމަށް މަޖިލީހަށް ފޮނުއްވި ދެ ނަމަކީ އާންމުކޮށް އިއުލާނުކުރުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ދެ ނަމެވެ.

އެލްޖީއޭގެ ބޯޑަށް މަޖިލީހުން އައްޔަންކުރާ މެންބަރުންގެ ގޮތުގައި ކަނޑައެޅުމަށް ރައީސް ފޮނުއްވި ދެ ނަމަކީ:

  • އާއިޝަތު އަރީފާ، ތިބްރޯޒުގެ/ގދ. ތިނަދޫ (ޖެންޑާ އިކުއެލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއް)

  • މުހައްމަދު އާރިފް، ރަތްވިލާގެ/ށ.ކަނޑިތީމު (ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ ތަޖުރިބާކާރެއް)

މި ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު