ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ދުންފަތާ ދެކޮޅު ޤައުމީ ކެމްޕެއިން ފުޅާކޮށް ޖަމިއްޔާތައް ބައިވެރިކުރަނީ
އިސްމާއިލް ރިޒާ
19 އޯގަސްޓް 2026 - 06:16
0
comments
Tweet
Telegram
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ މެދު ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިންގައި ޖަމްއިއްޔާތަކާއި ކުޅިވަރުގެ ދާއިރާގެ ފަރާތްތައް ވެސް ބައިވެރިކޮށް، ކެމްޕެއިން ފުޅާކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުންތައް ރައީސްގެ އޮފީހުން އިއްޔެ ވަނީ ހާމަކުރައްވާފަ އެވެ. އެގޮތުން ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން ކުރިއަށް ގެންދިއުމާއި، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމާ ގުޅޭ ސަބް-ކޮމިޓީން ވަނީ، އެ ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އަދާހަމަ ހިއްސާކުރައްވާފަ އެވެ.
އެ ކޮމިޓީއިން ހިއްސާކުރެއްވި ކަންކަމަށް ރިޢާޔަތްކުރައްވައި ވަޒީރުންގެ މަޖިލީހުން ވަނީ، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭނުގައި ހިމަނުއްވައިގެން، ސްކޫލް ނިޒާމްގެ ތެރެއިން ޖެނެރޭޝަނަލް ބޭން ތަންފީޒުކުރެއްވުމާ ގުޅޭ ކަންތައްތައް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކޯޑިނޭޓްކުރާ ގޮތަށް، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން ކުރިއަށްގެންދެވުމަށާއި، މި ކެމްޕޭން ވިލަރެސްކުރެވޭނޭ ނިޒާމެއް ކަނޑައެޅުމަށް ނިންމަވާފަ އެވެ.
މި ކެމްޕޭނުގައި، ރާއްޖޭގެ ވީހާވެސް ގިނަ މަދަނީ ޖަމުއިއްޔާތައް ބައިވެރިކުރެއްވުމުގެ ގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން މި ކެމްޕޭނުގައި ބައިވެރިވާނޭ ފަރާތެއް ހެލްތު މިނިސްޓްރީން އެކަށައެޅުއްވުމަށާއި، ކެމްޕޭނުގެ ފުރަތަމަ މަރުޙަލާގައި، ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޖަމުޢިއްޔާ އަދި މާލޭ ސަރަޙައްދުން ގިނަ ޖަމުޢިއްޔާތަކެއް ބައިވެރިކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.
ރަށްރަށުގައި ތިއްބަވާ ޔޫތު އެސޯސިއޭޓުންނާއި، ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބައިވެރިވުމާއެކު ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިން ފުޅާކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ.
އަދި އެއްވެސް ޤައުމީ ޓީމެއްގައި ބައިވެރިވެވޭނީ، ދުންފަތުގެ އިސްތިޢުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށްކަމަށް ހެދުމުގެ ޓާގެޓު ހާސިލުކުރުމަށްޓަކައި، އެތުލީޓުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުވެފައި ތިބި ބަޔަކަށް ހެދުމަށް ޚާއްޞަ އަމާޒުތަކެއް ކަނޑައެޅުއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ.
މި ސަރުކާރުން ވަނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ރާއްޖޭގައި ވޭޕު މަނާކޮށް، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން ހިމެނެ އެވެ.
މީގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަން ބޭނުން ކުރުން މަނާކުރުމަށް 'ޖެނެރޭޝަނަލް ބޭން'އެއް ގެނައުން ހިމެނެ އެވެ.
ނަމަވެސް މި ސަރުކާރުން ސިނގިރޭޓަކުން ނަގާ ޑިއުޓީ އަށް ރުފިޔާއަށް ބޮޑުކުރުމަށް 2024 ވަނަ އަހަރު ނިންމި ނިންމުން ބަދަލުކޮށް، ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރުގެ ޖުލައި މަހު ތަސްދީގު ވެސް ކުރައްވައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
ޓެކްސް ފްރީ ޒޯނަކާ އެކު ކުދި ވިޔަފާރިތަކަށް ގިނަ ލުއިތަކެއް ދެނީ
3 ދުވަސް ކުރިން
0
ޕާކިސްތާނު ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
3 ދުވަސް ކުރިން
0
އިންޑިއާ އައުޓް ކެމްޕޭނަށްފަހު ސަރުކާރަށް ޖެހުނީ އުނބަށް ޖަހަން: ޝާހިދު
3 ދުވަސް ކުރިން
0
ރާއްޖޭގައި އިންވެސްޓްކުރުމުގެ ދައުވަތު ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސް ދެއްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދިވެހި ދައުލަތަށް ހިޔާނަތްތެރިވުމަކީ ޖިނާއީ ކުށަކަށް ހަދަން އިސްލާހެއް ހުށަހަޅައިފި
43 މިނެޓް ކުރިން
0
ބްރެޒިލްގެ ރިޔާސީ އިންތިހާބު ލޫލާ ކާމިޔާބުކުރައްވައިފި
7 ގަޑިއިރު ކުރިން
0
ބޭރު ފައިސާ މާރުކުރަން ޖެހޭ ފަަރާތްތަކަށް ހަނދާންކޮށްދީފި
9 ގަޑިއިރު ކުރިން
0
ހޯރަފުށީގައި ހުރި ހުސްގޯތިތަކާ ގެވަޅުތައް މުއްސަނދިންނަށް ވިއްކުމާއި އިމްދާހު ދެކޮޅު!
8 ގަޑިއިރު ކުރިން
0