ރައްޔިތުިންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ކަޅުބާޒާރުގައި ޑޮލަރު ވިއްކުމާއި އެކަން އިޝްތިހާރުކުރުމަކީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރެވޭ ކުށެއް ކަމަށް ކަނޑައަޅައި ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. 
ބޭރު ފައިސާއާ ބެހޭ ބިލަށް އިސްލާހު ގެނައުމަށް މިދިޔަ ހަފްތާގައި މަޖިލީހަށް ހުށަހެޅީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރު އުވާލައި އެ ރިސޯޓެއްގެ އާމްދަނީގެ %20 މާރު ކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށެވެ.ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްއްސައްތާރު މުހައްމަދު ހުށަހެޅުއްވި އެ ބިލު ކޮމެޓީން ފާސްކުރުމަށް ފަހު ތަޅުމަށް ފޮނުވާފައި ވަނިކޮށް އިއްޔެގެ ޖަލްސާގައި ބިލު އަނބުރާ ކޮމެޓީއަށް ފޮނުވުމަށް ފާސްކުރީ ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށެވެ.ގާނޫނަށް ގެންނަ އިސްލާހުގައިވާ ގޮތުން "އިސްތިހާރުކުރުމާއި ޕްރޮމޯޓް ކުރުން" ކަމަށް ބުނެފައި ވަނީ، ބޭރު ފައިސާ ގަނެވިއްކުމަށް އެމްއެމްއޭ އިން ރަސްމީކޮށް އާންމުކޮށްފައިވާ ރޭޓް ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅައިފައިވާ ބޭންޑުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރު ފައިސާ ގަނެވިއްކުން އިސްތިހާރުކުރުމަށްޓަކައި ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތަކުން ނުވަތަ ޕްލެޓްފޯމަކުން ނުވަތަ އެ ނޫން ވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ހާމަކުރުމާއި ޝާއިއުކުރުމާއި ފެތުރުމާއި ތަކުރާރުކުރުމާއި ފޯރުކޮށްދިނުމެވެ.
މި ފަދަ ކުށެއް ކުރާ ފަރުދެއް ނުވަތަ ފަރުދުންގެ އިތުރުން އެ ކުށެއް ކުރުމުގައި ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ޝާމިލުވާ ނަމަ، އެ ފަރާތަކަށް ކަނޑައެޅޭނެ އަދަބަކީ 100،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ކަމަށް ވެސް ވަނީ ބިލްގައި ހިމަނައިފަ އެވެ.