ޚަބަރު
ޓެރަރިޒަމަށް ވާގިވެރިވާ ލިސްޓުން ސީރިޔާ އުނިކޮށްފި
އެމެރިކާ އިން އެކުލަވާލާފައިވާ ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިޔާ ރަސްމީކޮށް އުނިކުރުން ރާއްޖެއިން މަރުހަބާ ކިޔައިފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ނިންމެވުން ކޮންގްރެސްއަށް ހުށަހެޅުއްވީ މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހު އެވެ. މި ނިންމުމަށް އަމަލުކުރަން ފަށާފައިވަނީ ކޮންގްރެސްގެ 45 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު، މި ހަފްތާގެ ހޯމަ ދުވަހު އެވެ.

އެމެރިކާގެ މި ނިންމުމުގެ ސަބަބުން ދިގުލީ ހަނގުރާމައަކަށްފަހު ސީރިއާ އަލުން އާރާސްތުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށާއި ސީރިޔާގެ ރައްޔިތުންގެ އިގުތިސޯދީ އަދި އިޖުތިމާއީ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ދިވެހި ހާރިޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާގެ އެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި އޭގެ ސަބަބުން ސީރިޔާ އާރާސްތުކުރަން މަގުފަހިވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. 

އެމެރިކާއިން އެކުލަވައިލާފައިވާ ޓެރަރިޒަމަށް ވާގިވެރިވާ ދައުލަތްތަކުގެ ލިސްޓުގައި ސީރިޔާ ހިމެނީ 1979 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު