ވަގު ޓީޓީ ހުއްޓުވަން ކަސްޓަމްސްއިން ހުރިހާ ބޭންކުތަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
އިސްމާއިލް ރިޒާ
27 އޯގަސްޓް 2026 - 18:06
0 comments
ޓީޓީގެ ސައްހަކަން ބެލުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތު
ބޭރު ގައުމުތަކުން މުދާ ގެންނަން ކަމުގައި ބުނެ، ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވުމަށް ފަހު ރާއްޖެއަށް މުދާ ނުގެންނަ މައްސަލަ ހުއްޓުވުގެ ގޮތުން ޓީޓީ ވެރިފިކޭޝަނާ ގުޅޭ އެމްއޯޔޫއެއްގައި ރާއްޖޭގެ ހުރިހާ ބޭންކުތަކާއެކު ކަސްޓަމްސްއިން މިއަދު ސޮއިކޮށްފި އެވެ.
އެމްއެމްއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން:- ރާއްޖެއަށް އެތެރެކުރާ އަދި ބޭރުކުރާ މުދަލާ ގުޅޭގޮތުން ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި މުއާމަލާތްތަކުގެ މައުލޫމާތު، ބޭންކުތަކާއި ކަސްޓަމާ ދެމެދު ބަދަލުކުރާނެ ސިސްޓަމެއް ގާއިމުކުރާނެ
މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ، މުދާ އެތެރެކުރުމަށް ޓީޓީ މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތަކާއި، އަދި އެތެރެކުރެވޭ މުދަލުގެ މަޢުލޫމާތު ދިމާވޭތޯ ބެލުމުގެ ނިޒާމު ހަރުދަނާކޮށް ވިޔަފާރިއާ ގުޅުންހުރި މާލީ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުން ކަމަށްވެސް އެމްއެމްއޭއިން ވިދާޅުވިއެވެ.މި މަސައްކަތް ވިލަރެސް ކުރާނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް(އެފްއައިޔޫ) އިންނެވެ.
ކިޔުންތެރިންގެ ޝުއޫރު