ޚަބަރު
މީރާ އާއި އެފްއައިޔޫ ފަހުމުނާމާއެއްގައި ސޮއިކޮށްފި
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ފައިނޭންޝަލް އިންޓެލިޖެންޓް ޔުނިޓް (އެފްއައިޔޫ)އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެފްއައިޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިޓްގެ އިސްވެރިޔަކަށް ހުންނެވި އިބްރާހިމް އަހްމަދު ނާސިރު އެވެ. މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އެވެ. އެފްއައިޔޫއަކީ މަނީލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅޭ މައްސަލަތައް ބެލުމަށް މަރުކަޒީ ބޭންކުގައި ގާއިމްކޮށްފައިވާ މިނިވަން ޔުނިޓެކެވެ. އެފްއައިޔޫއަށް ފާހަގަކުރެވޭ މައްސަލަތައް މީގެކުރިން ފުލުހުންނާއި ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކަށް ހުށަހަޅައިގެން އެފަދަ މައްސަލަތައްވެސް ވަނީ ބަލާފައެވެ. މިއަދު ބޭއްވި ި ރަސްމިއްޔާތުގައި މީރާގެ އިސްވެރިންނާއި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ބައިވެރިވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު