އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.
![](image/default_ads/article/ooredoo-1-7-25.jpg)
އަކްރަމް އީސީގެ މެމްބަރު ކަމަށް އައްޔަނު ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓު ގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ނަން ތަކުގެ އެންމެ ކުރީގައި ވެސް އޮތީ އަކްރަމްގެ ނަމެވެ. އީސީގެ ނައިބު ރައީސް ކަމުގައި ހުންނެވި އަކްރަމަކީ އެ ކޮމިޝަންގެ ތަރުޖަމާނު ވެސް މެ އެވެ. މީޑިއާއާ ވެސް ގާތް ގުޅުމެއް ބާއްވާ އަކްރަމަކީ ވަރަށް ހަލަބޮލި އިންތިހާބުތަކެއްގެ ތަޖުރިބާ ވެސް ހުންނެވި މެންބަރެކެވެ.
ބޮޑެތި ތުހުމަތުތަކާ އިންޒާރުތައް ރިޔާސީ އިންތިހާބުގައި އިލެކްޝަން ކޮމިޝަނަށް އަމާޒުވިއިރު އަކްރަމް ހުންނެވީ ކޮމިޝަންގެ ތަރުޖަމާނުގެ ވެސް މަގާމުގަ އެވެ. ހުރިހާ އިންތިހާބެއްގެ މައުލޫމާތުތައް ވެސް މީޑިއާއަށް ތިލަ ކުރެއްވުމުގައި އިސްކޮށް ހުންނެވީ އަކްރަމެވެ.