ކޮވިޑް-19 ގެ ސަބަބުން ކައިވެނިކޮށްދިނުން މެދުކަނޑާލުމަށް ފަހު މާދަމާއިން ފެށިގެން އަލުން ކައިވެނިކޮށްދޭން ނިންމައިފި އެވެ.

މެދުކަނޑާލުމަށްފަހު އަލުން ކައިވެނި ކޮށްދިނުމަށް ފެމެލީ ކޯޓުން ނިންމީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައި އޮންނާނެ މުއްދަތު ސީދާ ނޭނގޭތީއެވެ. ކައިވެނި ކޮށްދިނުމަށް ފެމެލީ ކޯޓުން ނިންމި ނަމަވެސް ކައިވެނި މަޖިލީހުގައި ބައިވެރިވެވޭނީ ކައިވެނިކުރާ ދެ މީހުންނާއި ހެކިވެރިންގެ އިތުރުން ވަލީ ވެރިޔާއަށެވެ.ކައިވެނީގެ އިތުރުން ވަރި ސާބިތުކޮށްދިނުމާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ދަރިންގެ މައްސަލަތަކުގެ އަޑުއެހުންތައް ވެސް ފަށަން ވަނީ ނިންމައިފައެވެ. މި މައްސަލަތައް ބަލާ ކޮންމެ ސެކްޝަނަކުން ވެސް ދުވާލަކު އެއް މައްސަލަ ބަލާނެއެވެ.ކައިވެނީގެ އިތުރުން ވަރި ސާބިތުކޮށްދިނުމާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ދަރިންގެ މައްސަލަތަކުގެ އަޑުއެހުންތައް ވެސް ފަށަން ވަނީ ނިންމައިފަ އެވެ. އެ ކޮންމެ ސެކްޝަނަކުން ވެސް ދުވާލަކު މައްސަލައެއް ބަލާނެ އެވެ.ފެމިލީ ކޯޓުގެ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ ގޮތް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. ކައިވެންޏާ ބެހޭ ފޯމުތައް
marriage@familycourt.gov.mv އަށް އަދި
registration@familycourt.gov.mv އަށް ކަމަކާ ގުޅޭ މައްސަލަ މެއިލްކުރަން އެދެ އެވެ.ހަލުއިކަމާ އެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަކާއި ކޮލެޖުތައް ބަންދުކުރިތާ މިއީ ތިން ވަނަ ހަފުތާ އެވެ. އެހެންވެ އޭރު ކުރަން ހަމަޖެއްސި ކައިވެނިތައް ނުކުރެވެ އެވެ. ނަމަވެސް އެއީ ކިހާ ކައިވެންޏެއް ކަމެއް ނޭނގެ އެވެ.