
ޔޫރަޕްގައި ނުފޫޒު ގަދަ އީސީއާރް ޕާޓީން ވަނީ ޝިޔާމަށް ހަމަލަދިން މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި އެމްޑީޕީގެ މެންބަރުން ޝިޔާމަށް ހަމަލަ ދިނުން ބަލައި ނުގަންނަ ކަމަށް ބުނެފައި ވެއެވެ. އަދި އޭނާއަށް ލިބުނު އަނިޔާތަކާއި ގުޅިގެން ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހުނު ކަމަށާ އެ މައްސަލަ ފުލުހުން ބަލަމުންދާކަން ވެސް ފާހަގަ ކޮށްފައި ވެއެވެ. އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މަޖިލީހުގެ ތަޅުމުގައި އެފަދަ ކަމެއް ހިނގައިދިއުމަކީ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއް ކަަމަށެެވެ.ގާނޫނު އިސްލާހު ގެނައުމަށް ކުރިއަށް ގެންދިޔަ ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ މެމްބަރުންނަށް ފުރުސަތު ނުދީ އެ ގާނޫން ފާސްކުރިކަންވެސް އީއާރުސީން ނެރުނު ބަޔާނުގައި ވެއެވެ.އީއާރުސީން ބުނީ 2004 އެއްގައި ރާއްޖޭގައި ފެށި އިސްލާހީ ހަރަކާތްތަކުގެ ދަށުން ގެނައި ޑިމޮކްރަސީގެ ކުރިއެރުންތަކަށްވެސް އެ ތަޅާފޮޅުންގަނޑުގެ ސަބަބުން ހިޔަނި އެޅި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި އިދިކޮޅު ފަރާތްތައް ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައިަފއިވާ ކަމަށެެވެ.މިއީ ރާއްޖެ ބަލައިގެންފައިވާ ޑިމޮކްރަސީގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމުގައި އެ ޕާޓީން ބުނެފައިވާއިރު ޝިޔާމަށް ހަމަލަދިން މައްސަލައާއި ގުޅިގެން މިއަދުގެ މަޖިލީހުގެ ޖަލްސާ އިދިކޮޅުން ބޮއިކޮޓް ކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.