
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މައުސޫމާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތަހުގީގު ކޮށްފައިވާ ހިސާބަށް ރިއާޔަތްކޮށް ތަހުގީގު ކޮމިޓީން މައްސަލަ ބަލައި ވަކިގޮތެއް ކަނޑައަޅަންދެން، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަދި (ލ) ގެ ދަށުން ވަޒީފާއަށް ނުނިކުމެ 60 ދުވަހުގެ މުއްދަތަށް މަޑުކުރުމަށް މައުސޫމަށް އެންގުމަށް މިއަދު ކޮމިޝަނުގެ ބައްދަލުވުމުން ފާސްކޮށްފައިވާ ކަމަށެވެ. އަލްއުސްތާޛު މުޙައްމަދު މަޢުޞޫމް، ފާޅުގައި ރިޝްވަތު ނަންގަވާކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިއަ ޕޯސްޓްތަކަކާ ގުޅޭ މައްސަލައަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި، އެ ނޫންވެސް މައްސަލަތަކެއް ޖޭއެސްސީންވަނީ ތަޙްޤީޤު ކުރައްވާފައެވެ.