ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހިއުމަން ޓްރެފިކިންގެ މައްސަލައިގެ ތަހުގީގަށް ރިޒާ ފުލުސް އޮފީހަށް ހާޒިރުކޮށްފި
އިސްމާއިލް ރިޒާ
07 ޖުލައި 2020 - 11:37
0
comments
Tweet
Telegram
ބ. ބޮޑުފިނޮޅުގައި ރިސޯޓު ހެދުމުގެ މަސައްކަތާ ހަވާލުވެފައިވާ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏަށް ކުރާ ހިއުމަން ޓްރެފިކިންގެ ސީރިއަސް މައްސަލަތަކުގެ ތަހުގީގަށް އޭނާ ރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ފުލުހުން ވަނީ އެކަން ޔަގީންކޮށްދީފައެވެ. ނަމަވެސް ރިޒާއާ ސުވާލުކުރުމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ނުދެއެވެ.
ބ. ބޮޑުފިނޮޅުގައި އެތައް ބިދޭސީންތަކަށް މުސާރަ ނުދޭތާ ހަތް މަސް ވަނީ ވެފަ އެވެ. އަލީ ރިޒާ ވެސް އެކަމަށް އިއުތިރާފުވެފައިވެ އެވެ. މުސާރައިގެ މައްސަލާގައި ބިދޭސީން ވަނީ ދިވެހިންތަކެއް ރަހީނުކޮށް ހަމަނުޖެހުން ހިންގާފަ އެވެ.
ހަމަނުޖެހުންތަކާ ގުޅިގެން 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހުންގެ މައްޗަށް ވައްކަމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ކުރެ އެވެ. އެ ބިދޭސީން ވަނީ ބަންދު މަޖިލީހުގައި މުސާރަ ނުދޭ ކަމަށާއި އެކަމާ ޝަކުވާ ކުރުމުން މަރުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ބުނެ އެވެ.
މީގެއިތުރުން ރިޒާގެ ރިޒް ކުންފުނިން ގެންގުޅޭ ބިދޭސީންނަށް މުސާރަ ނުދީ މާލެ ތެރެއަށް ދޫކޮށްލާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެ މައްސަލަތަކާ ގުޅިގެން ފުލުހުން އިއްޔެ ބުނީ، ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ރިޒް ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކައި، މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ރިސޯޓު ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތު ކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
"ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެ ކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރަ އާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރުވާފައިވާ.." ކަމަށް ވެސް ރިޒް ކުންފުންޏަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
ރިޒް ކުންފުނިން ބުނީ މުވައްޒަފުންނަށް މުސާރަ ނުދެވި ވަނީ އެ ރިސޯޓް ތަރައްގީ ކުރާ ސީލް މޯލްޑުވްސްއިން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބިފައި ނުވާތީ ކަމަށެވެ.
ނަމަވެސް އެވާހަކަތައް ސީލް މޯލްޑިވްސް އިން ދޮގު ކުރެއެވެ. އެ ކުންފުނީގެ ގާނޫނީ ޓީމް، އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައި ބުނީ ކޮންޓްރެކްޓަރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ ކޮންޓްރެކްޓަރުގެ ޒިންމާއެއް ކަމަށެވެ.
ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި 19 ބިދޭސީއަކު ހައްޔަރުކުރުމަށް ފަހު ދެން ތިބި ބިދޭސީން އަދި ވެސް ތިބީ އެ ރަށުގަ އެވެ. އެ ބިދޭސީންނަކީ ކޮން ބައެއްކަން އެނގޭނެ ލިޔުންތަކެއް މިހާރު ނެތް ކަމަށް ބުނެ އެ މީހުންނާ ހަވާލުވާން ވެސް ރިޒް އިން ވަނީ އިއްޔެ އިންކާރުކޮށްފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ގަޑިއިރު ކުރިން
0
އައްޑޫ އެކްސިޑެންޓުގައި ރަމީޒް ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށައިފި
2 ދުވަސް ކުރިން
0
ޝިފާން ފުލުހުންގެ ތަރުޖަމާނުކަމުން ވަކިކޮށްފި
3 ދުވަސް ކުރިން
0
ފުލުހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
6 ދުވަސް ކުރިން
0
ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ޝިޔާމަށް ފުލުހުންގެ ވަޒީފާ ދީފި
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރައީސަށް ނިސްބަތްކުރައްވައި ޝައްމާން ދެއްކެވީ ދޮގު ވާހަކަތަކެއް: ތަރުޖަމާނު
2 ގަޑިއިރު ކުރިން
0
ޝައްމާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
3 ގަޑިއިރު ކުރިން
0
އިއްޔެ ދެއްވި މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި
5 ގަޑިއިރު ކުރިން
0
އައްޑޫ އެކްސިޑެންޓުގައި ރަމީޒް ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށައިފި
6 ގަޑިއިރު ކުރިން
0