ކުޅިވަރު
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓްގެ ޕަބްޖީ ކޮލިފަޔާސް 57 ޓީމާއެކު ފަށަނީ
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ގޭމިން މުބާރާތް "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2026"ގެ ޕަބްޖީ ކޮލިފަޔާސް 57 ޓީމާއެކު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ވަނަވަނައަށް ދާ ޓީމުތަކަށް ޖުމްލަ 10,000ރ.ގެ ފައިސާގެ އިނާމުގެ ޕްރައިޒް ޕޫލެއް ވަނީ ކަނޑައަޅާފަ އެވެ.

މި މުބާރާތުގެ ފޯރިގަދަ މެޗުތައް ދިރާގު ގޭމާސް ގިލްޑްގެ ޔޫޓިއުބް ޗެނަލް @DhiraaguGG މެދުވެރިކޮށް ވަގުތުން ބަލާލެވޭނެ އެވެ.

މި މުބާރާތުގެ ތެރެއިން ހޮވާލެވޭ 16 ޓީމަކަށް ޑީއެމްޖީސީ 2026ގައި ބައިވެރިވުމުގެ ފުރުސަތު ލިބި، ޖުމްލަ 30،000ރ.ގެ ޕްރައިޒް ޕޫލަކުން އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ން އިންތިޒާމުކޮށްގެން ބާއްވާ ޑީއެމްޖީސީއަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުސަތެވެ. މިގޮތުން، މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާއިރު، މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ޖުމްލަ 150,000ރ.ގެ ބޮޑު ފައިސާގެ އިނާމަކާ އެކުގަ އެވެ.

އަންނަ އާދިއްތަ ދުވަހު ފަށާ މި އަހަރުގެ ޑީއެމްޖީސީގައި ވެސް މޮބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ކުޅޭ އެކި ގޭމްތައް ވަނީ ހިމަނާފަ އެވެ. މީގެ ތެރޭގައި ޕަބްޖީ މޮބައިލްގެ އިތުރުން މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ރޮކެޓް ލީގު، އެފްސީ26 އަދި ޓެކެން 8 ހިމެނެ އެވެ.

ކުޅުންތެރިންނަށް ފައިސާގެ އިނާމު ހޯދުމުގެ އިތުރުން، ކޮލިފަޔާތަކުން ކުރި ހޯދައިގެން ޑީއެމްޖީސީގެ މައި އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ޑީޖީޖީއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ގޭމިން ޕްލެޓްފޯމެވެ. އަދި އެ ޕްލެޓްފޯމުން ދަނީ ރާއްޖޭގެ ގޭމަރުން ތަރައްގީ ކުރުމަށް އެކި ފުރުސަތުތައް ފަހިކޮށްދެމުންނެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު