
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ހަގީގީ އަދަދު ދެނެގަތުމަށް އެންޓި ބޮޑީ ޓެސްޓު ހެދުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ނަޒްލާ ވިދާޅުވީ މި ޓެސްޓު ހަދަން ޖެހެނީ މުޅި އާބާދީގެ ހުރިހާ އުމުރު ފުރާތަކަކަށްކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ފަށާނީ ސްކޫލް އުމުރުފުރާތަކުގެ ކުދިންނަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ."މި ޓެސްޓްތައް ހަދަން ޖެހެނީ އާބާދީގެ ހުރިހާ އުމުރުފުރައެއްގެ. އެހެންވީމަ އެންމެ ފުރަތަމަ މި ފެށެނީ ސުކޫލް އުމުރުފުރާގެ. މި ހަފްތާގައި ޓެސްޓް ހެދުމުގެ ކަންކަން ފެށޭނެ،" ނަޒްލާ ވިދާޅުވިއެވެ.އެންޓިބޮޑީ ހަދާނެ ޖުމްލަ އަދަދެއް އަދި އެނގިފައި ނުވާކަމަށް ނަޒްލާ ވިދާޅުވިއެވެ.މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ މުޖުތަމަޢުގެ ތެރޭގައި ކޯވިޑް-19އަށް ހުށަހެޅިފައިވާ މީހުންގެ އިންސައްތަ ދެނެގަތުމަށް ކުރިއަށްގެންދާ މިދިރާސާއަކީ ވަރަށް ބުރަ މަސައްކަތެއްކަމަށެވެ.