
ވިލިމާލެ ދާއިރާގެ ކައުންސިލަރު ހަމްނާ ވަހީދު ޓެގް ކުރައްވައި މިރޭ ކުރެއްވި ޓްވީޓެއްގައި އުޝާމް ވިދާޅުވީ މާލޭގެ ލޮނުޒިޔާރަތްކޮޅުގައި މިއަދު ހުޅުވި ޕާކަކީ ވަރަށް ރީތި ޕާކެއް ކަމަށެވެ. އޭނާ ވިދާޅުވީ 17 މިލިއަން ހަރަދުކޮށްގެން މާލޭގަ ޕާކު ތަރައްގީކުރެވޭއިރު، މާލޭގެ 5 ވަނަ "އަވަށު" ގައި އެންމެ ޕާކެއްވެސް ނެތް ކަމަށެވެ. މިއަހަރުގެ ބަޖެޓުގަ ހިމަނައިގެންވެސް ވިލިމާލޭގައި ޕާކެއް ހެދޭނެ ގޮތެއް ނުވި ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ. އަދި މިފެންނަނީ ހަމަަހަމަކަންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.ހިތްގައިމު ލޮނުޒިޔާރަތް ޕާކް ހުޅުވީ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.