ޚަބަރު
ކޯޓުން ބޭރުގައި އަލުން ކައިވެނި ކޮށްދޭން ފަށައިފި
އޮންލައިންކޮށް ކައިވެނިކޮށް ދިނުން ހުއްޓާލުމަށް ފަހު، ކޯޓާއި ކޯޓުން ބޭރުގައި ކައިވެނިކޮށް ދޭން ފެމިލީ ކޯޓުން އަލުން ފަށައިފި އެވެ.

ފެމިލީ ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ 1 ޑިސެންބަރުން ފެށިގެން ކޯޓަށް މީހުން ހާޒިރުކޮށްގެން ކައިވެނި ކޮށްދޭން ފަށާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށް ދިނުން ހުއްޓާލާފައިވާ ކަމަށާއި ކޯޓުން ބޭރުގައި ކައިވެނީގެ މަޖިލިސް ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސާ މީހުންނަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމުގެ ކަންކަން ހަމަޖެހިފައިވާ ކަމަށެވެ.

މިއާއެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށްވެސް ކޯޓުން ބުންޏެވެ.

ފެމެލީ ކޯޓުން ބުނީ، ކޯޓުން ބޭރުގައި ކައެވިނީގެ މަޖިލިސް ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ފަރާތްތަކަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމުގެ ކަންތައް ހަމަޖެހޭނެ ކަމަށެވެ.

ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ކޯޓުން ކަނޑައަޅާ އުސޫލާއި އެޗްޕީއޭ އިން ނެރޭ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ކޯޓުން ބުންޏެވެ.

އެގޮތުން ކައިވެނީގެ މަޖްލިސް ބާއްވާތަނަނީ އެފަދަ މަޖިލިހެއް ބޭއްވުމަށް އެކަށީގެންވާ ގޮތަށް، އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައި ހުންނަ މީހުން ދިރިނޫޅޭ ތަނަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ކައިވެނިކޮށް ދިނުމުގެ ކުރިން ގިނަ ކޯޓުތަކުން ޝަރީއަތްތައް ވެސް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. އަދިވެެސް ގިނަ ކޯޓުތަކުން ޝަރީއަތްތައް ކުރިއަށް ގެންދަނީ އެގޮތަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު