ޚަބަރު
މިދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑް ޖެހުނީ 103 މީހުންނަށް
މިއަދު ރާއްޖެއިން 103 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ހިސާބުތަކަށް ބަލާއިރު މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިިވްވި 58 މީހަކާއި އަތޮޅުތެރެއިން 24 މީހެއްގެ އިތުރުން ރިސޯޓުތަކުން 21 މީހެކެވެ.

މިއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 24،651 އަށް އަރައިފައެވެ.

މިވަގުތު 3،063 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު 94 މީހަކު ތިބީ ހޮސްޕިޓަލުގައެވެ. ބަލީގައި މިހާތަނަށް 67 މީހުން ރާއްޖެއިން މަރުވެފައިވެއެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 21،512 އެވެ. މިދިޔަ 24 ގަޑިއިރު ތެރޭ 144 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު