ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އަރަބިއްޔާ ސްކޫލް، ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް
އަލީ ރާޒީ
21 ޑިސެމްބަރ 2021 - 23:15
0
comments
Tweet
Telegram
އަރަބިއްޔާ ސުކޫލު ވަގުތީ ގޮތުން، ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް ބަދަލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސް ސޯލިހު އެފަދަ ނިންމުމެއް ނިންމާފައިވާކަން އަރަބިއްޔާ ސްކޫލްގެ ޕީޓީއޭގެ މެންބަރެއް ކަމުގައިވާ އައިޝަތު ޝާދިޔާ ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދީފައެވެ.
ޝާދިޔާ ވިދާޅުވީ، ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތް ވަގުތީ ހައްލެއްގެ ގޮތުގައި އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ތައުލީމު އުގެނުމަށް ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށާއި އަދި ދާއިމީ ހައްލެއްވެސް ދައުރު ނިމުމުގެ ކުރިން ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
"ރައީސް ވިދާޅުވީ، ދައުރު ނިމުމުގެ ކުރިން ދާއިމީ ހައްލެއްގެ ގޮތުން ބާޖަމާލުއްދީން ހުރި ބިމުގައި އާއިމާރާތެއް އަޅުއްވައި ދެއްވާނެ ކަމަށް އަރަބިއްޔާގެ ކުދިންނަށް" ޝާދިޔާ ވިދާޅުވިއެވެ.
އަރަބިއްޔާގެ މައްސަލައިގައި އެ ސްކޫލްގެ ބެލެނިވެރިން ވަނީ "ސޭވް އަރަބިއްޔާ"ގެ ނަމުގައި މުޒާހަރާވެސް ކޮށްފައެވެ.
އަރަބިއްޔާ ސުކޫލަކީ 2011 ވަނަ އަހަރުގެ ތެރޭގައި އިމާރާތްކޮށް 2013 ގައި ހުޅުވި ސުކޫލެކެވެ. އެ އިމާރާތަށް ގިނަ ދުވަސްތަކެއް ނުވި ނަމަވެސް އިމާރާތުގެ ބޮޑު ބައިގައި ވަނީ ރެނދު ލައިފައެވެ. އޭގެ ސަބަބުން ސްކޫލްގެ ބެލެނިވެރިން ކަންބޮޑުވުންފާޅުކުރާތާ ދުވަސްތަކެއް ވެއްޖެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 މަސް ކުރިން
0
އަރަބިއްޔާގެ އާ އިމާރާތުގެ އެެއްބަސްވުން ބާތިލުކޮށްފި
1 އަހަރު ކުރިން
0
އަރަބިއްޔާގެ އަމަލީ މަސައްކަތް ފަށައިފި
1 އަހަރު ކުރިން
0
އަރަބިއްޔާ ސްކޫލް އަޅާނެ ބިމެއް ކަނޑައަޅައިފި
1 އަހަރު ކުރިން
0
އަރަބިއްޔާގެ ޕްރިންސިޕަލް ޝުޖާއުއަށް ވަޒީފާ އަނބުރާ ދިނުމަށް އަންގައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހިޔާވަހި ފައިނޭންސިން ސްކީމަށް ފަހުން ކުރެހުން ހުށަހެޅޭ ގޮތަށް ހަދަން ނިންމައިފި
3 ގަޑިއިރު ކުރިން
0
މިނިސްޓަރު ސައީދު ވިދާޅުވަނީ ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި ފެންނަ ކަމަށް
5 ގަޑިއިރު ކުރިން
0
މާލޭގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި
5 ގަޑިއިރު ކުރިން
0
މުލީ އެއާޕޯޓްގެ ޓެސްޓް ދަތުރު ހުކުރު ދުވަހު
7 ގަޑިއިރު ކުރިން
0