
އެނގިފައިވާ ގޮތުގައި އެއްބަސްވުން ބާތިލުކުރީ އަގުކުޑަކޮށް ދޭން ކޮންޓްރެކްޓަރާ ދެކެވުނު ވާހަކަތަކެއް ކޮޅެއްގައި ނުޖެހުމުންނެވެ."އާ ބިމެއްގައި ޒަމާނީކޮށް އާ ސްކޫލެއްގެ ކޮންސެޕްޓްގައި ސްކޫލް އިމާރާތް ކުރަން އަމިން ކޮންސްޓްރަކްޝަނުން ދިން އަގު 70 މިލިއަން މާކެޓް ޕްރައިސް އަށް ވުރެ ބޮޑީ،" އެއްބަސްވުން ބާތިލްކުރި ސަބަބާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.އޮފިޝަލް ވިދާޅުވިގޮތުގައި، އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމާ މެދު ގޮތް ނިންމުން ލަސްވީ މަޝްވަރާތައް ދިގުލައިގެން ދިއުމުންނެވެ.ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ކުރިން ހަމަޖެހިފައި އޮތީ ބާޖަމާލުއްްދީން ސްކޫލު ހިންގި ބިމުގައެވެ. އެ ގޮތުން އަރަބިއްޔާގެ އާ އިމާރާތް ބާ ޖަމާލުއްދީން ސްކޫލު ހުރި ބިމުގައި އިމާރާތްކުރަން އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކުރީ ސެޕްޓެމްބަރު 2022 ގަ އެވެ.