
އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމުގައި ހުރި ޝުޖާއު އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ ސްކޫލްގެ ޕްރިންސިޕަލް ކަމުން ވަކިކޮށް ނޭޝެނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އެޑިއުކޭޝަނުން ޝުޖާއު ބަދަލުކުރިއެވެ.ޝުޖާއު އެންއައިއީއަށް ބަދަލުކުރީ އަރަބިއްޔާ ސްކޫލަށް ސަރުކާރުން އަޅާ ނުލާ ކަމަށް ބުނެ ބެލެނިވެރިން ހިންގާ "ސޭވް އަރަބިއްޔާ" ނުހުއްޓުވާތީ ކަމަށް އޭރު ބެލެނިވެރިން ދިޔައީ ބުނަމުންނެވެ. ބެލެނިވެރިން އެހެން ބުނި ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން އެކަން ދޮގުކުރިއެވެ.މި މަގާމުން ޝުޖާއު ދުރުކުރުމުން، އެ މައްސަލަ ވަޒީފާ އާ ބެހޭ ޓްރިބިއުނަލަށް ހުށަހަޅައި، އެ މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން، އެ މަގާމަށް ދާއިމީ މުވައްޒަފަކު ނެގުން ހުއްޓުވުމަށް އޭނާގެ ފަރާތުން ވަގުތީ އަމުރަކަށް ވެސް އެދިފައިވެ އެވެ.އެހެންވެ އެ މައްސަލާގައި ވަކި ގޮތެއް ނުނިންމަނީސް އެ މަގާމަށް ދާއިމީ މުވައްޒަފަކު ނުނަގަން މިދިޔަ އަހަރުގެ 20 ނޮވެމްބަރުގައި ވަޒީފާ އާ ބެހޭ ޓްރިބިއުނަލުން އޮތީ ސިވިލް ސާވިސްގެ މައްޗަށް އަމުރު ކޮށްފަ އެވެ.އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ޝުޖާއު ހަމަޖެއްސީ ޖެނުއަރީ 8، 2018 ގަ އެވެ. ޝުޖާއު އެ މަގާމުން ވަކިކުރުމަށްފަހު އެ މަގާމު ވަގުތީ ގޮތުން އަދާ ކުރައްވަމުން ގެންދެވީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު އެވެ.