ޚަބަރު
އިންޑިއާ އަށް ފާޑުކިޔުން ޖިނާއީ ކުށަކަށް ނުހެދޭނެ: ޑރ. ޝަހީދު
ޑރ. އަހްމަދު ޝަހީދު --
ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތާ ދެކޮޅަށް އަޑުއުފުލުން ޖިނާއީ ކުށަކަށް ނުހެދޭނެ ކަމަށް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ހާރިޖީ ވަޒީރު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކުށަކަށް ހެދުމަށް ވަކާލާތު ކުރުން އެއީ އެމްޑީޕީން، އަދި ވަކިން ހާއްސަކޮށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ފަދަ ބޭފުޅުން ކުރައްވަފާނެ ކަމެއް ކަމަށް ހީވެސް ނުކުރައްވާ ކަމަށެވެ.

އަދި "އިންޑިއާ އައުޓް" ކިއުމަކީ ޖިނާއީ ކުށަކަށް ހެދުމަށް މަޖިލީހަށް ހުށަހަޅަން އުޅޭ ބިލާ ދެކޮޅަށް އެބޭފުޅުން ނުކުންނަވާނެކަމަށް އުންމީދު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

"ހާރިޖީ ސިޔާސަތާއި އިންޑިއާއާ ގުޅޭ ސިޔާސަތަށް ފާޑު ކިޔުން ޖިނާއީ ކުށަކަށް ނުހެދޭނެ،" ޝަހީދު ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގައި ބައިވެރިވާ ފަރާތްތަކަށް ޖަލު އަދަބު ދެވޭނެ ފަދަ ބިލެއް ޑްރާފްޓުކޮށް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ދަނީ މަސައްކަތް ކުރަމުންނެވެ.

ޚާރިޖީ ގުޅުންތަކަށް ބުރޫއަރާ ގޮތަށް އަމަލުކުރާ އަދި ވާހަކަދައްކާ ފަރާތްތަކަށް އެ ބިލުގައި ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައެޅިފައެވެ. މީގެ ތެރޭގައި ޖަލަށްލުމާއި، ބޮޑެތި ޖޫރިމަނާތައް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

އިތުރަށް ކިޔާލަން:

އިންޑިއާ އައުޓް ހުއްޓުވަން، ގާނޫނެއް ހަދަނީ!

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު