ޚަބަރު
6 ރަށެއްގައި 11 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމު ގާއިމުކުރަން ނިންމައިފި
ދިވެހިރާއްޖޭގައި މިހާތަނަށް ހިންގާ އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ 6 ރަށެއްގައި ޕަވަރ ޕަރޗޭސިންގ އެގްރީމަންޓްގެ ދަށުން 11 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމު ގާއިމުކުރުމަށް މެލޭޝިއާގެ މެގަ ފަސްޓް ޕަވަރ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދް އަދި ޕަވަރ ޗައިނާ ހުއަޑޮންގ އިންޖިނިއަރިންގ ކޯޕަރޭޝަން ޖޮއިންޓް ވެންޗަރ އާއި މިއަދު ޙަވާލުކޮށްފައެވެ.

ސަރުކާރުން ސޯލާ ވީޕީގެ ނިޒާމު ގާއިމުން ކުރަން ނިންމާފައިވަނީ އައްޑޫ ސީޓި އާއި ފުވައްމުލަށް ސިޓީ އާއި ކުޅުދުށްފުށީ ސިޓީ އަދި ގދ. ތިނަދޫ އާއި ބ. އޭދަފުށީގެ އިތުރުން ޅ. ހިންވަރުގައެވެ.


މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ މިދައުރު ނިމޭއިރު 555 މެގަވޯޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ޤާއިމު ކުރެވޭނެކަމަށެވެ. އަދި މިއީ ސަރުކާރަށް ބޮޑުތަނުން ޙަރަދުތައް ސަލާމަތްވާނެ މަސައްކަތެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަދި މިދައުރު ނިމޭއިރު ޖުމްލަ 55.5 މެގަވޯޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރެވިފައި ހުންނާނެ. އޭގެ މާނައަކީ ދައުލަތުން ތެލަށް ހޭދަ ކުރާ މިންވަރު އެންމެ މަދުވެގެން 225 މިލިއަން ރުފިޔާއިން އަޅުގަނޑުމެންނަށް މަދުކުރެވޭނެ" ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ނިޒާމު ފުރިހަމަ ގޮތުގައި ހިންގުމަށް 6 ސަރަހައްދުގެ ކަރަންޓު ވިއުގާ އަޕްގްރޭޑްކޮށް ބޭޓަރީ ސިސްޓަމް ޤާއިމުކުރެވޭނެކަމަށެވެ. 

މި މަޝްރޫޢުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 18 މިލިއަން ޔުނިޓްގެ ކަރަންޓް އުފައްދާނެއެވެ. އޭގެ ސަބަބަނުން އަހަރަކު ކަރަންޓް އުފައްދަން ބޭނުންކުރާ ޑީސަލުން ގާތްގަނޑަކަށް 4.8 މިލިއަން ލީޓަރުގެ މަދުކުރެވި ޑީސަލް ގަންނަން ކުރާ ހޭދައިން 39 މިލިއަން ދިވެހިރުފިޔާ ކުޑަކުރެވޭނެއެވެ.

ނަމަވެސް މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ލީޓަރަކަށް 10 ރުފިޔާގެ ރޭޓުން ބަލާނަމަ ދައުލަތުން ތެލަށްކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 55 މިލިއަން ދިވެހިރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް މިނިސްޓްރީން ލަފާކުރާއިރު އަދި މި މަޝްރޫޢޫގެ ސަބަބުން އަހަރަކަށް 12،694 މެޓްރިކްޓަނުގެ ވިހަގޭސް މަދުކުރެވޭނެ ކަމަށްވެސް ހަކަތައާ ބެހޭ ވުޒާރާއިން ބުނެއެވެ.

އެސްޕަޔަރ މަޝްރޫޢޫގެ އިތުރުން ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ އެރައިސް މަޝްރޫއިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލަރ ޕީވީގެ ނިޒާމާއި ބެޓަރީ އެނރޖީ ސްޓޯރޭޖް ސިސްޓަމްތައް ޤާއިމުކުރުމަށް ވަނީ އިޢުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު