ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި
ހުސެން ރަޝީދު
09 މެއި 2022 - 10:11
0
comments
Tweet
Telegram
ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ހިމެނޭހެން ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުން މިއަދު މެނދުރުފަހު 2 ޖެހުމާ ހަމައަށް ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެއެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި، އަދި ވިލާގަނޑުގައި 45 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސްވަނީ ލަފާކޮށްފައެވެ. އަދި މިސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް އެއިދާރާއިން ހާމަކުރެއެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައިވާއިރު މިހާރު ރާއްޖޭގެ އެއްކޮޅުން ބޭ އޮފް ބެންގަލް ސަރަހައްދުގައި ތޫފާން "އަސަނި" އުފެދި އަދި އަނެއް ކޮޅުން ސަދަން ހެމިސްފިއާގައި ތޫފާން "ކާރިމް" އުފެދިފައިވާކަން ފާހަގަކޮށްލެވެއެވެ.
މި ދެތޫފާނާއި ގުޅިގެން ރާއްޖޭގެ މުސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، ދެ ތޫފާނު ވެސް ދަތުރު ކުރަމުން ދަނީ ރާއްޖެއާއި ދުރަށް ނަމަވެސް ދެ ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
ދެތޫފާންގެ ސަބަބުން ކުރިއަށް އޮތް 2-3 ދުވަހު ރާއްޖޭގެ ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ
ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ދެކުނާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިނުގައި 5 ފޫޓާއި 8 ފޫޓުގެ ހުންނާނެކަމަށާއި އުތުރުގައި 4 ފޫޓާއި 6 ފޫޓު ހުންނާނެ ކަމަށް އެ އޮފީހުން ވިދާޅުވެއެވެ.
މެޓް އޮފީހުން ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރުތައް ރޭވުމުގައްޔާއި ދަތުރުތައް ކުރުމުގައި މެޓް އޮފީހަށް ގުޅައި ލަފާ ހޯދައިގެން ދަތުރުތައް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 މަސް ކުރިން
0
ވިއްސާރައަށް ތައްޔާރުވާން ކާރިސާ ކޮމިޓީއެއް އުފައްދައިފި
1 މަސް ކުރިން
0
އިއްޔެ އެންމެ ވިއްސާރަކުރީ މާލެއަށް
1 މަސް ކުރިން
0
ބޯކޮށް ވާރޭވެހި ގުގުރާނެތީ ދެކުނަށް އޮރެންޖް އެލާޓް މިއަދު ނެރެފި
1 މަސް ކުރިން
0
ވިއްސާރައިގައި މާލޭގެ ގެތަކަށް ތިން މިލިއަން ރުފިޔާގެ ގެއްލުން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މި އަހަރު ހަތް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެ: އަމީރު
13 ގަޑިއިރު ކުރިން
0
ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ދެ ބިދޭސީއަކު އަތުލައިގެންފި
14 ގަޑިއިރު ކުރިން
0
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ތިން ދަރަޖަ ފަހަތަށް
14 ގަޑިއިރު ކުރިން
0
ސްޓެލްކޯގެ މުވައްޒަފުން ތަމްރީންކުރަން ސިވެކްއާ އެކު އެއްބަސްވުމަކަށް
14 ގަޑިއިރު ކުރިން
0