
މިނިސްޓަރު އެހެން ވިދާޅުވީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ރަސްމީކޮށް ފެށުމުގެ ގޮތުން ރޭ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖެ ތަރައްގީކުރަން އެދޭނަމަ އަދި ލާމަރުކަޒީ ނިޒާމުގައި ހަގީގީ ކުލަ ޖެއްސުމަށްޓަކައި ވަރުގަދަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުވެފައި އޮންނަން ޖެހޭ ކަމަށެވެ. އަދި ދުވެލި ބާރު ފެރީތަކެއް ބޭނުންކޮށްގެން ދަތުރުފަތުރުގެ ނިޒާމު ސަރުކާރުން ފެށީ އެ ބޭނުމުގައި ކަމަށް ވެސް ވިދާޅުވި އެވެ.ގައުމެއްގައި ބޮޑެތި ޕްރޮޖެކްޓުތަކެއް ހިންގިޔަސް އެގައުމެއްގައި ދަތުރުފަތުރުގެ ނިޒާމު ވަރުގަދަ ނުވާނަމަ އެގައުމެއް ކުރިއަކަށް ނުދާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ. އާރްޓީއެލް ފެރީގެ ނިޒާމުގެ ތެރެއިން ރާއްޖެއަށް ތަރައްގީ އަންނާނެ ކަމަށާއި މި ސަރުކާރުގެ އަބަދުވެސް ވިސްނުމަކީ ތަރައްގީ އާއި ތަމައްދުން ރާއްޖެއަށް ގެނައުން ކަމަށް ވިދާޅުވި އެވެ."ގައުމެއްގައި ބޮޑެތި ޕްރޮޖެކްޓުތަކެއް ހިންގިޔަސް އެގައުމެއްގައި ދަތުރުފަތުރުގެ ނިޒާމު ވަރުގަދަ ނުވާނަމަ އެގައުމެއް ކުރިއަކަށް ނުދާނެ. މިއަދު މި ފެއްޓޭ މިވަރުގަދަ ނިޒާމުގެ ތެރެއިން ރާއްޖެއަށް ހަމަގައިމުވެސް ތަރައްގީ ގެނުވާނެ. މި ސަރުކާރުގެ އަބަދުވެސް ވިސްނުމަކީ ތަރައްގީ އާއި ތަމައްދުން ރާއްޖެއަށް ގެނައުން،" މިނިސްޓަރު ވިދާޅުވި އެވެ.